Feeds:
Posts
Comments
Some companies or administrations celebrate 25 years since the founding, and they call that a silver jubilee. They also celebrate after 50 years, and call that a golden jubilee, and after 75 years they call it a diamond jubilee and so on. Are these celebrations Sunnah or an innovation? 

 Praise be to Allaah.

It is not permissible to hold parties and give gifts and so on, on the occasion of a number of years having passed since the opening of a store, school or any other kind of venture, because this is introducing innovated festivals into Islam, and because it is an imitation of the disbelievers who do such things. It is essential not to do that and to avoid it. End quote. 

Fataawa al-Lajnah al-Daa’imah, 2/261 

Shaykh Bakr Abu Zayd said in his book ‘Eid al-Yoobeel (Jubilees), p. 25: 

Celebrating jubilees of various kinds and with various aims is a celebration that has been introduced into the religion (an innovation) and is contrary to the command of the Lord of the Worlds, and is an imitation of the disbelievers and venerating that which they hold sacred. 

Those who forbid and speak against innovated celebrations — including celebrating the birthday of the Prophet (blessings and peace of Allah be upon him), the night of the Isra’ and Mi’raaj, the new hijri year, and other innovated celebrations observed by some Muslims which have been introduced by those who seek to misguide others — their first priority must be to announce the prohibition on celebrating jubilees, whether they are silver, golden, diamond, eightieth, for any length of time, for any place, for any person, for any occasion. Whoever does not do that is confused and contradicting himself, whether he likes it or not, and this comes under the heading of following whims and desires. End quote. 

And Allah knows best.

Islam Q&A

The imam of our mosque said in a Friday khutbah that we should not be strict in following the Sunnah of the Prophet (peace and blessings of Allaah be upon him) because the Sunnah divides Muslims and we must be united. He quoted as evidence the fact that a Bedouin came to the Messenger of Allaah (peace and blessings of Allaah be upon him) and said: O Messenger of Allaah, tell me of an action which, if I do it, I will enter Paradise. He said: Worship Allaah and do not associate anything with Him, establish the prescribed prayers, pay the obligatory zakaah and fast Ramadaan.” He said: By the One in Whose hand is my soul, I shall never do anything more or less than that. When he turned to leave, the Prophet (peace and blessings of Allaah be upon him) said: “Whoever would like to look upon a man who is one of the people of Paradise, let him look upon this man.” 
Is this correct? Please note that we are followers of the Sunnah, and he calls the one who follows the Sunnah an extremist. 
Please advise us, may Allaah bless you.
Continue Reading »

1
3
Please click on each image to visit the linked webpage.

ޝައިޠާނާ

ޝައިޠާނާ

(ކުރުގޮތަކަށް)

ތިބާގެ ޢަދުއްވަކީ ކާކުކަން ފިސާރި ރަނގަޅަށް ދަސްކުރޭ!

މާތް ﷲ ވަޙީ ކުރެއްވިއެވެ. ( إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ )  މާނައީ:” ހަމަކަށަވަރުން ޝައިޠާނާ ތިޔަބައި މީހުންނަށް ވަނީ ޢަދާވާތްތެރިއަކު ކަމުގައެވެ. ފަހެ އެ ޝައިޠާނާއަކީ ޢަދާވާތްތެރިއެއް ކަމުގައި ތިޔަބައިމީހުން ހިފާށެވެ! އޭނާގެ ޕާރޓީ އަށް އޭނާ ގޮވާކަން ކަށަވަރީ (ނަރަކައިގެ) ހުޅުގަނޑުގެ އަހުލުވެރިންނަށް ވުމަށެވެ.”

އަދިވެސް ވަޙީ ކުރެއްވިއެވެ. (وَقَالَ الشَّيْطَانُ لَمَّا قُضِيَ الأمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدْتُكُمْ فَأَخْلَفْتُكُمْ وَمَا كَانَ لِي عَلَيْكُمْ مِنْ سُلْطَانٍ إِلا أَنْ دَعَوْتُكُمْ فَاسْتَجَبْتُمْ لِي فَلا تَلُومُونِي وَلُومُوا أَنْفُسَكُمْ مَا أَنَا بِمُصْرِخِكُمْ وَمَا أَنْتُمْ بِمُصْرِخِيَّ إِنِّي كَفَرْتُ بِمَا أَشْرَكْتُمُونِي مِنْ قَبْلُ إِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ ) މާނައިީ:” އަދި އެއުރެންގެ މައްޗަށް ނިޔާ ކަނޑައެޅި ނިމުމަށްފަހު ޝައިޠާނާ ބުނާނެތެވެ. ހަމަކަށަވަރުން ﷲ ކުރައްވާފައިވަނީ ޙައްޤު ވަޢުދުފުޅެކެވެ. އަދި އަހުރެންވެސް ކަލެމެންނަށް ވަޢުދުވީމެވެ. ނަމަވެސް އަހުރެން ވަނީ އެ ވަޢުދާއި ޚިލާފު ވެފައެވެ. ކަލޭމެންނަށް ހަމަ އެކަނި ގޮވައިލުން ފިޔަވއި ކަލޭމެންގެ މައްޗަށް އެއްވެސް ބާރެއް އަހުރެންނަކަށް ލިބިގެނެއް ނުވެއެވެ. ދެން ކަލޭމެން އަހުރެންގެ ގޮވައިލުމަށް އިޖާބަ ދިނީއެވެ. ވުމާއެކު އަހުރެން ކުށްވެރި ނުކުރާށެވެ! ކުށްވެރި ކުރަންވީ ހަމަ ކަލޭމެންގެ އަމިއްލަ ނަފްސުތަކެވެ. އަހުރެންނަކަށް ކަލޭމެންގެ އެހީތެރިއަކަށް ނުވެވޭ ހުއްޓެވެ. ހަމަކަށަވަރުން ތިޔަބައިމީހުން، އަހުރެންނީ ﷲ ގެ ބައިވެރިޔަކު ކަމުގައި ޝަރީކު ކުރިކަމަށް، ކުރިންސުރެވެސް އަހުރެން ކާފިރު ވީމެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.”

އަދިވެސް ވަޙީ ކުރެއްވިއެވެ. (وَقُلْ لِعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ إِنَّ الشَّيْطَانَ يَنْزَغُ بَيْنَهُمْ إِنَّ الشَّيْطَانَ كَانَ لِلإنْسَانِ عَدُوًّا مُبِينًا ) މާނައީ: “ތިމަންރަސްްކަލާންގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ރީތިކަންބޮޑު ބަސްތަކުން (ކާފިރުންނާއި) ވާހަކަދައްކައި ބަސްބުނެ އުޅޭށެވެ! ހަމަކަށަވަރުން ޝައިޠާނާ ތިޔަބައިމީހުންގެ ދެމެދުގައި ފަސާދަ އުފައްދައެވެ. ހަމަކަށަވަރުން ޝައިޠާނާ އަކީ އިންސާނާއަށް ބަޔާންވެގެންހުރި ދުޝްމަނެއް ކަމުގައި ވިއެވެ.”

އަދިވެސް ވަޙީ ކުރެއްވިއެވެ. (يَا بَنِي آدَمَ لا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنَ الْجَنَّةِ يَنْزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لا تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لا يُؤْمِنُونَ )  މާނައީ:” އޭ އާދަމްގެ ދަރިންނޭވެ! ޝައިޠާނާ ތިޔަބައިމީހުން ފިތުނައަށް ހައްލައި ހެދިޔަ ނުދޭށެވެ! އެއީ ތިޔަބައިމީހުންގެ މައިންބަފައިންނަށް (އެބަހީ: އާދަމްގެ ފާނު އާއި ޙައްވާގެފާނަށް) އެދެކަނބަލުންގެ (ފޮރުވިގެންވާ) ޢައުރަ ދެއްކުމަށްޓަކައި، އެދެކަނބަލުން (ނިވައިވެވަޑައިގަންނަވާ) ހެދުންކޮޅު ބާލުވައި، ސުވަރުގެއިން އެދެކަނބަލުންނެރެލި ފަދައިންނެވެ. ހަމަކަށަވަރުން ތިޔަބއިމީހުންނަށް ނުފެންނަ ހިނދުގައި، އޭނާ އާއި އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުނ އީމާން ނުވާ މީހުންނަށް އެހީތެރިން ކަމުގައި ތިމަންރަސްކަލާންގެ ޝައިޠާނުން ލެއްވީމެވެ.”

އަދިވެސް ވަޙީ ކުރެއްވިއެވެ.  ( الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا )  މާނައީ: “އީމާންވީ މީހުން މާތްﷲ ގެ މަގުގައި ހަނގުރާމަ ކުރެއެވެ. އަދި ކާފިރުވި މީހުން ޠާޣޫތުގެ (ޝައިޠާނާ) ގެ މަގުގައި ހަނގުރާމަ ކުރެއެވެ. ފަހެ ތިޔަބައިމީހުން ޝައިޠާނާގެ އެހީތެރިންނާއި ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން ޝައިޠާނާގެ ކެހިވެރިކަން އެއީ ބާރެއްނެތް ނިކަމެތި އެއްޗެއް ކަމުގައި ވިއެވެ.”

ތިރީގައި މިވަނީ ތިބާގެ އެންމެ ބޮޑު ޢަދުއްވު؛ އެއެއްޗެއްގެ މައްޗަށް މާތްﷲ ލަޢުނަތްލެއްވި އިބިލީހާއި ބެހޭ މަޢުލޫމާތު ކޮޅެކެވެ.

އިބިލީސް

ނަން

ޣާފިލު ކަންމަތީ ތިބޭ މީހުންގެ ހިތްތައް

ރަށް

ޠާޣޫތު ތައް

ޢާއިލާ

ޖަހަންނަމަ (ނަރަކަ)

ދާއިމީ އެޑްރެސް

އެއްވަނަ ދަރަޖައިގެ ފާސިޤެއް

ދަރަޖަ

ﷲ ގެ ނަންފުޅު ނުގަނެވޭ ހިސާބުތައް

ދިރިއުޅޭ ހިސާބުތައް

ކަތި މަގުތައް (ޙައްޤުން އެއްކިބާ ވެފައިވާ މަގު)

ދަތުރުކުރާ މަގު

އުންމީދުތައް

ރައުސުމާލު

ބާޒާރުތައް

ޖަލްސާ ބާއްވާ ތަންތަން

މުސްލިމުން

ދަތުރުގެ ޢަދުއްވުން

އަވާމެންދުރު

މަގުދައްކާ ފަރާތް

” މުނާފިޤުކަން – މައިގަނޑު އަޚްލާޤު “

މަސައްކަތުގެ ޝިޢާރު

އެކިއެކި ކުލަކުލަ (ކުލަ ބަދަލުކުރާ ބޮނޑު ފަދައިން) ، ކޮންމެ ތަނަކަށް ކުލަޔެއް

މަސައްކަތުގެ ފޭރާން

ރަނގަޅަށް ޢައުރަ ނިވާ ނުކޮށްތިބޭ ، އަދި އޮރިޔާން އަންހެނުން

ދުނިޔޭގެ އަނބިމީހާ

ﷲ ހަނދުމަކުރުމުން އެއްކިބާވެގެން އުޅޭ ޣާފިލުންދެކެ

ލޯބިވަނީ ކާކުދެކެ؟

ﷲ ގެ ޙަޟުރަތަށް ފާފަ ފުއްސަވައިދެއްވުމަށް އެދި ދެންނެވުން

އޭނާއަށް އުނދަގޫކުރާ ކަންތައް

ޓެޓޫ ޖެހުން

އޭނާގެ ލިޔުން

ފާޚާނާތަކާއި ގިފިލިތައް

އޭނާގެ ގެ

އޭރަކު ބޭނުންވާ ގޮތަކަށް ސިފަޖެހުން

އޭނާގެ ސިފަ

އާދަމްގެފާނަށް އިޙްތިރާމްގެ ސަޖިދަ ޖެހުމަށް އިންކާރު ކުރިދުވަސް

އޭނާ ފާޅުވުމުގެ ފެށުން

މުނާފިޤުން

އޭނާގެ އެކުވެރިން

ޙަރާމް މުދާ

އޭނާގެ ރޯދީގެ މައިގަނޑު

ނަޖިސް ތަންތަނާއި އުރެދުމުގެ ޢަމަލުތައް ހިންގާ ތަންތަން

އޭނާގެ މަސައްކަތްތައް ހިންގުމާއި ބެހޭ ކޮޓަރި ( އޮޕަރޭޝަން ރޫމް)

މުންކަރާތްތަކަށް އެހީތެރިވުމާއި، އެކަންކަމަށް ލޯބި ޖެއްސުން

އޭނާގެ ޚިދުމަތްތައް

ހުތުރުކަން ބޮޑު ފާޙިޝް ކަންތައްތައް ކުރުމަށް ކުރާ އަމުރު

އޭނާގެ އަމުރުތައް

ކާފިރުދީން

ދީން

އެބައިމީހުންގެ މައްޗަށް ކޯފާލެއްވި (ޔަހޫދީންނާއި) މަގުގެއްލިފައިވާ (ނަޞާރާ) އިންނާއި ބެހޭ ޑިރެކްޓަރ ޖެނެރަލް

ވަޒީފާ

ޤިޔާމަތް ދުވަހާއި ޖެހެންދެން

ޚިދުމަތް ކުރުމުގެ މުއްދަތު

ނަރަކައަށް ދާން އޮތްމަގު

ދަތުރުކޮށްފައިދާ ތަން (ޑެސްޓިނޭޝަން)

ފައިދާއެއް ނެތް ބުރަބުރައިގެންދާ ކުނޑިފުށްތަކެއް

ވިޔަފާރީގެ ފައިދާ

ޖިންނީންނާއި އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠާނުންތައް

ދަތުރުގެ އެކުވެރިޔާ

ޙައްޤުބަސް ނުބުނެ ހަނު ހުންނަމީހާ

މަސައްކަތުގެ އެކުވެރިޔާ

ދޮގު ވަސްވާސް ދީގެން

ބޮލަށް ސަވާރުވާ ވައްތަރު

އޭނާ އާއި އޭނާއަށް ތަބާވާ މީހުންނަށް ލިބޭ ފާފަ

އުޖޫރަ

ނެތިމޮށުން، ދެބައޮޑުވުން، ފާރަލުން (ޖާސޫސްކުރުން)

މުވާޞަލާތީ ގުޅުން

މަރުވެފައިވާ މީހުންގެ މަސް (ނެތިމޮށުން)

އެންމެ ކަމުދާ (މީރު) ކާނާ

ﷲ އަށް ބިރުވެތިވާ (ތަޤްވާވެރި) މުއުމިނުން ދެކެ

އޭނާ ބިރުގަންނަނީ ކާކުދެކެ؟

ގިނަ ގިނައިން ﷲ ހަނދުމަކޮށް އުޅޭ ފިރިހެނުންނާއި އަންހެނުންނަށް

އޭނާ ނަފްރަތު ކުރަނީ ކާކަށް؟

އަންހެންތަކުން

އޭނާގެ ޝިކާރަތައް

މަގުފުރެއްދުމާއި، ހެއްލުންތެރިކުރުން

އޭނާގެ ހޮބީ

އެންމެން ކާފިރު ކުރުން

އޭނާގެ އުންމީދު

އެނގި ބަޔާންވެގެންވާ ވަގުތުގެ ދުވަސް (ޤިޔާމަތްދުވަސް)

އޭނާގެ ނިމުން

ފިރިހެނުންވެސް އަދި އަންހެނުންވެސް އެއްޖިންސުގެ ގުޅުން ހިންގުން

އޭނާއަށް އެންމެ ލޮބުވެތިކަން ބޮޑު ކަންތައް

” މަ (މޮޅު) ” ބޮޑާ މީހުން ބޭނުންކުރާ ލަފްޒު

އޭނާއަށް ތަބާވާ މީހުންނަށް ދީފައިވާ ސިއްރު ލަފްޒު (ޕާސްވޯރޑު)

ފަންނާނުންނާއި، ފަންނާނާއިން

އޭނާއަށް ލަވަކިޔައިދޭ މީހުން

ތިޔަބައިމީހުން ފަޤީރު ކުރުވާނޭ ކަމުގެ ވަޢުދު

އޭނާގެ ވަޢުދުތައް

ގިނަގިނައިން ސަޖިދަ ކުރުން

އޭނާ ރޮއްވާ ކަންތައް

 

ވުމާއެކު ވިސްނަންވީ މި ދުޝްމަން ކަލޭގެ ކިބައިން ސަލާމަތއްވެވޭނެ ގޮތަކީ ކޮބައިތޯއެވެ. އަދި އެކަމަށް ކުރެވެން އޮތް މަސައްކަތަކީވެސް ކޮބައިތޯއެވެ. ދެން އެއަށްފަހު، ހަމަ ވަގުތުން އެކަލޭގެޔަށް ކާފިރުވެ ﷲ އަށް އީމާންވާންވީއެވެ.

10165

 

އަހަރެންނާއެކު ހިނަގާށެވެ. މިއީ ރަނގަޅު ވަގުތެކެވެ. މިއީ ބިންމަތީގައި އޮތް ޢިބުރަތުގެ ކަނޑެކެވެ. މިތާނގައި ފަތަޙަ ކުރާ މީހުންނާއި އަނިޔާވެރިންނާއި ރަސްރަސްކަލުންނާއި ޢިލްމުވެރިން އެއްމެން އެއް ހަމައެއްގައި ވެއެވެ. އެތައް އެތައް ހެޔޮ އެދޭ އެކުވެރިންނާއި ތިމާގެ މީހުން މަރުވުމަށް ނޭދި ތިއްބާ އެއްބަޔަކު ރޮއްވާފައި މިމީހުން މިތަނަށް އައުމީ މިތަނުން ލިބޭ ވަރަށް ބޮޑު ދަރުސެކެވެ. ދުނިޔޭގެ ދިރިއުޅުމަކީ ހުވަފެނެއްފަދަ އެއްޗެއްކަން އެނގޭ ބުއްދިވެރި ސިކުނޑިޔެއް ނަމަ މިތަން ރަމްޒަކަށް ވާނެއެވެ.

އާދޭހެވެ. މި ވަގުތުކޮޅަކީ ވަރަށް ރަނގަޅު ވަގުތު ކޮޅެކެވެ. ސަބަބަކީ މިއީ މަރު ހަނދާންކޮށްދޭ ވަގުތުކޮޅެކެވެ. ދުނިޔޭގެ ކުރު އަދި ވަގުތީ ދިރިއުޅުމުގެ އަގެއް ނެތްކަން އަންގައިދޭ ވަގުތުކޮޅެކެވެ. ކުރިޔަށް އޮތް ޙަޤީޤީ ދިރިއުޅުން ހަނދާންކޮށްދޭ ތަނެކެވެ. ކޮށްވައިފާ ނުބައި ކަންތައްތަކުން ތައުބާ ވުމަށް އިންޒާރުގެ ހަނދާންތަކެއް އާވާ ވަގުތުކޮޅެކެވެ. އެހެންކަމުން މިއީ ވަރަށް ރަނގަޅު ވަގުތު ކޮޅެކެވެ.

މިހުރިހާ ސަބަބު ތަކާއިހުރެ ދެންނެވޭނީ ޤަބުރުސްތާނަކީ ބިންމަތީގައި އޮތް ޢިބުރަތުން ފުރިގެންވާ ތަނެއް ކަމަށެވެ. އެތައް އެތައް ފިލާވަޅު ތަކެއް ލިއްބައިދެއެވެ. އެތައް ބައެއްގެ މާޒީ އެތަނެއްގައި ވަޅުލެވިފައި ވެއެވެ. މޮޅު މީހުންނާއި ދެރަ މީހުންނެވެ. ތަންތަން ފަތަޙަ ކުރި މީހުންނާއި ބޮޑެތި އަނިޔާވެރިންނެވެ. އަދި ރަސްރަސްކަލުންނާއި ޢިލްމުވެރިން ވެސްމެވެ. ތަފާތު ދަރަޖައިގެ ތަފާތު މިޒާޖުގެ އަނިޔާވެރި އަދި ހެޔޮލަފާ މީހުންނެވެ. އެއްމެން ވަނީ އެއް ޙާލެއްގައެވެ. އާދޭ! މަރުވެފައެވެ. ދުނިޔޭގެ ވަގުތީ ދިރިއުޅުން ނިންމައި އާޚިރަތާއި ކުރިމަތި ލާފައެވެ.

މިބައިމީހުން މަރު ނުވުމަށް އެދި އެތައްބަޔަކު ރުޔެވެ. ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި ލޯބިވާ މީހުންނެވެ. ނަމަވެސް އެމީހުންގެ ރުއިމަކުން ވީ ކަމެއް ނެތެވެ. މިހުރިހާ އެއްމެންނާއި މަރު އައިސް ޖެހުނެވެ. މި އެއްމެންވެސް މަރުގެ ތޖުރިބާ ކުރިއެވެ. މަރުގެ ރަހަ ދެކުނެވެ. އަޅުގަނޑުމެން މިތިބީ އެމީހުންގެ ފަހަތުން އެމީހުންނާއި ގުޅޭނޭ ބައެއްގެ ގޮތުގައެވެ. އަޅުގަނޑުމެން އެއްމެންވެސް މަރުވާނެއެވެ. އެއަށް ފަހު ބިރުވެރި އަނދިރި ކަށްވަޅަކަށް އެކަނި މާއެކަނި ލެވޭނެއެވެ. އެއްމެ ލޯބިވީ މީހާވެސް އެކީގައި ނުވާނެއެވެ. ޤަބުރުސްތާނުގައި ތިބި މީހުންވެސް އެތައް ބަޔަކު ރޮއްވާފައި އެތަނަށް އައެވެ. އޭގެ އެކަކަށްވެސް މަރު ނުހުއްޓުވުނެވެ. އެންމެ މާތް އިންސާނާ ލޮބުވެތި ރަސޫލުﷲ ޞައަލަﷲ ޢަލައިހި ވަސައްލަމް އަށް ވެސް މަރުގެ ވޭން ލިބިވަޑައިގެންނެވިއެވެ.

އެހެންކަމުން ބުއްދިވެރިންގެ ގޮތަކީ ދުނިޔެވީ ދިރިއުޅުމަކީ ޙަޤީޤީ ދިރިއުޅުން ނޫންކަން ދަނެގެން ދުނިޔެ ގަނެފައި އާޚިރަތް ވިއްކާ ނުލުމެވެ. އެންމެ ފައިދާ ބޮޑު ގޮތަކީ އާޚިރަތަށް ޓަކައި ގަދައަޅައި މަސައްކަތް ކުރުމެވެ. މި މަސައްކަތް ކުރުމަށް ހިއްވަރުލިއްބައިދޭ ރަމްޒެއްކަމުގައި ޤަބުރުސްތާން ވެއެވެ. އެތަން އަހަރެމެންނަށް މަރު ހަނދާންކޮށް ދެއެވެ. މި ދުނިޔޭގައި ދާއިމަށް ނޫޅެވޭނެކަން ބަޔާން ކޮށްދެއެވެ.

ﷲ ތަޢާލާ އިންސާނާއަށް ދެއްވާފައިވާ ޝުޢޫރުތަކުގެ ތެރެއިން ލޯތްބަކީ މުޅިންވެސް އާދަޔާއިޚިލާފު ޝުޢޫރެކެވެ. ރުޅި އެއީވެސް ޝުޢޫރެކެވެ. ހިނިތުންވުން އެއީވެސް ޝުޢޫރެކެވެ. ނަމަވެސް މިއީ ވަރަށް ކުޑަ ހިނދުކޮޅަކަށް އައިސް ގޮސް ވާ އެއްޗެކެވެ. އެހެން ނަމަވެސް ލޯތްބަކީ ޝުޢޫރުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޝުޢޫރެވެ. ލޯތްބެއް އުފެދިއްޖެ ހިތަކުން އެލޯތްބެއް ނެރެލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ލޯބި ބެހިގެން ވަނީ ދެ ބަޔަކަށެވެ. ކިޔަމަންތެރިކަން، އަޅާލުމާއި ކުލުނުގެ ލޯތްބެވެ. އިޝްގީ ލޯތްބަކީ ހަގީގީ ލޯތްބެއް ނޫނެވެ. އަނބިމީހާ ދެކެވެސް ވާ ލޯތްބަކީ އަޅާލުމާއި ކުލުނުގެ ލޯތްބެވެ. ނަމަވެސް ލޯބި ފާޅުކުރާގޮތް އެކި ޙާލަތްތަކުގައި ތަފާތުވެއެވެ. ތިމާގެ އަނބި ދަރިންނާއި މުދަލާއި ގެދޮރު ދެކެ ލޯބިވާ ފަދައިން ތިމާގެ ގައުމު ދެކެ ލޯބިވުމަކީވެސް އޮތް ކަމެކެވެ.  

ލޯބީގެ ޤާނޫން އަސާސީ އަކީ ﷲ ދެކެ ވާންޖެހޭ ލޯތްބެވެ. އެއީ ﷲ އަށް ބިރުވެތިވެ ކިޔަމަންތެރިވެ ނަހީ ތަކުން ދުރުވުމެވެ. ﷲ އަށް ބިރުވެތިވުން ޙައްގު ގޮތުބައި އެކަލާންގެއަށް ބިރުވެތިވުމެވެ. ދެން އޮތީ ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް އަށް ކުރުން ކޮންމެ މީހަކަށްވެސް ވާޖިބު ވެގެންވާ ލޯތްބެވެ. ތިމާގެ އަނބިދަރިންނާއި މުދަލަށްވުރެ ބޮޑަށް ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް ދެކެ ލޯބިވުމަކީ އީމާންކަން ފުރިހަމަ ވުމުގެ ޝަރުތެކެވެ. ﷲ ތަޢާލާ އާއި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް އަށް ލޯބިކުރުން ވާޖިބު ވެގެން ވަނީ އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައި ވާތީ އެވެ. މި ދެ ލޯބި ފިޔަވައި ދެން އިންސާނާ ކުރާ ހުރިހާ ލޯތްބެއް ކުރަން ޖެހޭނީ މި ދެ ލޯތްބާއި ފުށުނާރާ ގޮތަށެވެ. ﷲ ތަޢާލާ އާއި ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމް ގެ އަމުރުފުޅުތަކާއި ޚިލާފުނުވާ ގޮތަށެވެ.

އެހެންކަމުން ގައުމީ ލޯބިވެސް ވާންޖެހޭނީ މިގޮތުގެ މަތިންނެވެ. އަޅުގަނޑުމެންގެ ދީނަކީ އިސްލާމްދީނެވެ. އެއްވެސް ޙާލަތެއްގައި ޤައުމިއްޔަތު ނުވަތަ ވަތަނިއްޔަތު އެއީ ދީނެއްގެ ގޮތުގައި ބަލައިގެން ނުވާނެއެވެ. ގައުމީ ލޯތްބައްވުރެ އިސްލާމްދީން އިސްކުރަން ޖެހޭނެއެވެ. އެހެންކަމުން ގައުމީ ލޯބި ވުމުގައި އިސްލާމް ދީނާއި ފުށުއަރާ ކަމެއް އޮވެގެން ނުވާނެއެވެ.

ގައުމީ ލޯތްބަކީ ހިތް ކަމުގައި ބަލާނަމަ ހިތުން އުފެދޭ އެންމެ ފަލަ އަދި އެންމެ ފުރަތަމަ ލޭ ހޮޅިއަކީ މިނިވަންކަން ކަމުގައި ބުނެވިދާނެއެވެ. ޤައުމީ ލޯތްބަކީ ދިފާޢީ ލޯތްބެއް ކަމުގައިވެސް ބެލެވިދާނެއެވެ. މިނިވަންކަން ގެއްލި ދިޔުމުން ޤައުމީ ލޯބި އުތުރި އަރައެވެ. އަދި ޤައުމު ދިފާޢު ކުރުމުގެ ރޫޙު އުފެދިގެން ދެއެވެ. ޤައުމީ ލޯތްބަކީ އެ ޤައުމެއްގެ ރައްޔިތުން އެކަތި ގަނޑަކަށް ހަދައިދޭ ބާރެކެވެ.

ކޮންމެ ގޮތަކަށް ވީ ކަމުގައި ވިޔަސް، ﷲ އާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ލޯތްބަށްވުރެ އެހެން އެއްވެސް ލޯތްބެއް މަތިވެރި ކުރުމަކީ މުސްލިމަކަށް އެކަށީގެންވާ ކަމެއް ނޫނެވެ.

ޢިލްމުވެރިން ދޫކޮށް ކުޅިވަރާއި މިއުޒިކް ގެ ވަބާގެ އަހުލުންނަށް އަޅުގަނޑުމެން ގެ މުޖުތަމަޢު ވަކި ހިއްޕާފައިވަނީ ވަރަށް ނުރައްކާތެރި އަދި އެހާމެ ގެއްލުންހުރި މިންވަރަކަށެވެ. މި މައްސަލައަކީ އަޅާނުލާ ފަރުޖެއްސޭ ވަރުގެ ކުޑަ މައްސަލައެއް ނޫނެވެ. ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ކުޅިވަރާއި މުނި ފޫހި ފިލުވުމަކީ ޙައްޤު ބަސް ކުރިއެރުވުމުގެ މަޤްޞަދުގައި ކުރެވޭ ކަމެއްނޫނެވެ. ގިނަ ފަހަރު ކުޅިވަރު ވެގެންދަނީ ވަގުތު ބޭކާރު ކުރުމަކަށެވެ. އަދި ކުޅިވަރަށް ދެވިހިފާލެއް ބޮޑު ކަމުން ﷲ ފަރުޟު ކުރައްވާފއިވާ ފަސްނަމާދުވެސް އޭގެ ވަގުތުގައި އަދާ ކުރުމަށް ބުރަހެލިވެ ފަރުވާ ކުޑަކޮށް ދޫކޮށްލަނީއެވެ. އަދި މުނިފޫހި ފިލުވުމަށްޓަކައި ރޭގަނޑު ގެ ތަކުގައި ނިވިދިއްލޭ ބޮކިތައް ލައިގެން ދެ ޖިންސުގެ ޒުވާނުން ގައިގޯޅިވެ ނެށުން ފަދަ ފާޙިޝް ކަންތައްތަކަކީ މިއަދު މި މުޖުތަމަޢުގައި ޢާއްމު ވެފައިވާ ކަމެކެވެ.

ޢިލްމުވެރިންނަކީ ޙައްޤުގެ އަހުލުވެރިންނެވެ. އެމީހުންނާއި ދުރަށް ދިޔުމަކީ ޙައްޤާއި ދުރަށް ދިޔުމާއި އެއްފަދަ ކަމެކެވެ. މިހެން ވުމުގެ ސަބަބުން ގިނަ ފަހަރަށް އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިވަނީ ބާތިލް ގޮތްތައް ފެތުރިފައެވެ. ކޮންމެ ކަމެއްގައިވެސް ރަނގަޅުގޮތް އެނގޭނީ އެކަމުގެ ޢިލްމުވެރިންނަށެވެ. އެހެންކަމުން މި މުޖުތަމަޢަށް ދިމާވެފައިވާ މި ބޮޑު މައްސަލައާއި މެދު އަޅުގަނޑުމެން ވަރަށް ފުޅާ ދާއިރާއެއްގައި ވިސްނަން ޖެހެއެވެ. މިކަމާއިމެދު ދިރާސާ ކުރަން ޖެހެއެވެ. އަދި މިކަން ރަނގަޅު ކުރުމަށް ކުރެވިދާނޭ ކަންކަމާއި މެދު ވިސްނައި އެ ގޮތަށް ޢަމަލު ކުރަން ޖެހެއެވެ. ޤައުމީ ޙައިސިއްޔަތުން ކަމުގެ ބޮޑުކަން މީހުންނަށް ހާމަކޮށްދޭން ޖެހެއެވެ.

ޢިލްމުވެރިންނަކީ ވަރަށް ޤަދަރުވެރި ބަޔެކެވެ. ނަމަވެސް އެބޭފުޅުންނަށް ޙައްޤުވެގެންވާ ޤަދަރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ނުދެވޭކަން ފާހަނގަ ކުރެވެއެވެ. ގިނަފަހަރަށް އެބޭފުޅުން ވިދާޅުވާ އެއްޗަކަށް މަލާމާތްކުރުން ނޫން އެހެން ކަމެއް އަޅުގަނޑުމެންނަށް ނުކުރެވެއެވެ. ޙަޤީގަތުގައި ކުޅިވަރު ކުޅޭ މީހުންނާއި މުނިފޫހި ފިލުވައިދޭ މީހުންނަކީ އެހާ ޤަދަރުވެރި ބަޔެއް ނޫނެވެ. ސަބަބަކީ ކުޅިވަރާއި މުނިފޫހި ފިލުވުމާއި މަޖަލަކީ އިންސާނީ ދަރިފަސްކޮޅަށް އެހާ މުހިއްމު އަސާސީ ކަންކަމެއް ނޫނެވެ. ނަމަވެސް ޢިލްމަކީ އޭގެ ޙަޤީޤީ ގޮތް އޮޅިއްޖެނަމަ މުޖުތަމަޢު މަގުފުރެދި އެކި ގޮތް ގޮތުން ހަލާކުވެ ފަނާ ވެދާނެ އެއްޗެކެވެ. އެހެންކަމުން ޢިލްމަކީ މުޖުތަމަޢުގެ ތަރައްޤީ އާއި އަމަން އަމާންކަމަށް ވަރަށް މުހިއްމު އަދި އެހާމެ ފައިދާހުރި އެއްޗެކެވެ. އަޅުގަނޑުމެންނަށް ޢިލްމު ފޯރުކޮށް ދެއްވަން ތިއްބެވީ ޢިލްމުވެރިންނެވެ.

ޢިލްމުވެރިންގެ ޤަދަރު ވެއްޓެން ދިމާވި ސަބަބެއް ކަމުގައި ޢިލްމުވެރިންގެ ނަމުގައި ނުކުތް ޖާހިލުން ބެލެވިދާނެއެވެ. އެމީހުން އެމީހުން ބޭނުންވާ ގޮތަކަށް ޙައްޤުގެ ނަމުގައި ކަންތައްތައް ބަޔާންކޮށްދީ ދޮގުހެދީއެވެ. ޙައްޤަށް ލޯބި ކުރައްވާ ޢިލްމުވެރިޔަކު ޙައްޤު ބަޔާން ކޮށްދެއްވީމާ މި މީހުން މީސްތަކުންނަށް ޢިލްމު އޮޅުވާލަނީ އެވެ. ދުނިޔޭގެ ކުޑަކުޑަ ފައިސާ ކޮޅެއްގެ ދަހިވެތި ކަމުގައެވެ. މިފަދަ މީހުންނަކީ މުޖުތަމަޢުގެ ހަލާކެވެ.

މި މީސްމީހުން މީސްތަކުންނަށް މަގުދައްކަނީ ކުޅިވަރާއި މުނިފޫހި ފިލުވުމުގައި ވަގުތު ހޭދަކޮށް ދުނިޔޭގެ ދުވަސްތައް މަޖަލާއި ހިތްހަމަޖެހުމާއި އުފަލާއި އަރާމުގައި ހޭދަކުރުމަށެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ކިތައްމެ ބޮޑު ފާފައަކަށް އަރައިގަތަސް މައްސަލައެއް ނޫން ކަމުގައެވެ! މިފަދަ ޝައިތާނުންގެ ވަސްވާހުގެ ސަބަބުން މީސްތަކުންގެ މެދުގައި ޢިލްމުވެރިންގެ އަގު ވެއްޓެއެވެ. ޙައްޤުގެ މަޤަށް މީސްތަކުން ކުރާ އިތުބާރު ގެއްލި ދެއެވެ. އަދި ޢިލްމީ ގޮތުން މީސްތަކުންގެ ވިސްނުން ބައިބައިވެ ޙައްޤު ގޮތަކީ ކޮބައިކަން ވިސްނައިގަތުމަށް މީސްތަކުންނަށް ދަތިވެއެވެ.

މިކަންކަން ރަނގަޅުކޮށް މުޖުތަމަޢު އިޞްލާޙު ކުރެވޭނީ ޢިލްމުވެރިންގެ ނަމުގައި މީސްތަކުން މަގުފުރައްދާ މީހުން ވަކިކޮށް އެބައިމީހުންނަށް ޙައްޤު އަދަބުދީ އެބައިމީހުންގެ އަނގަ ބަންދުކޮށްގެންނެވެ. އަދި ޙައްޤުގެ ޢިލްމުވެރިން ޙައްޤުބަސް ފެތުރުމަށްޓަކައި އިތުރު ޕޮރޮގްރާމްތައް ހިންގައި ފޮތްތައް ލިޔެ ވެބްސައިޓްތައް ހަދައި އިތުރު މަސައްކަތްތައް ކުރަންޖެހޭނެއެވެ. އޭރުން، ﷲ އިރާދަކުރެއްވިއްޔާ، ބޭކާރު ކުޅިވަރު ތަކާއި މުނިފޫހި ފިލުވުމުގެ މަޖަލުން މީސްތަކުން ދުރުވެ އެމީހުންގެ ހަމަބުއްދިޔަށް ރުޖޫޢަވާނެއެވެ. އަދި މި މުޖުތަމަޢު އިޞްލާޙު ވެގެންދާނެއެވެ.