Feeds:
Posts
Comments

Dear sir,

How are you? I am currently researching issues related to Homosexual persecution In Asia, especially Malaysia. I hope that you could kindly help answer a few of my questions.

1)How are homosexuals (Muslim & non-muslim) being treated in Malaysia?
2)How severe will the punishment be?
3)How does society perceive homosexuals?
4)Is homosexuality legal?

Thank you very much for your kind help.

Continue Reading »

އިންސާނާ ކިބައިން މާތް ﷲ ފިޠުރަތު ކުރައްވާފައިވާ ހިދާޔަތުގެ ނޫރު ގެއްލިއްޖެ ކަމުގައި ވާނަމަ އޭނާގެ ސިކުނޑިންނާއި ހިތުން ފިޠުރީ ހެއު ގޮތްތަކާއި ފިޠުރަތާ ޚިލާފު ނުބައިގޮތްތަކުގެ މެދުގައި ވަކިކޮށް ދެނެގަތުމުގެ ލިޔާޤަތްތެރިކަން ގެއްލި ފޮހެވިގެން ހިނގައި ދެއެވެ. އޭނާއަށް ކަންކަމުގެ ހެވާއި ނުބައި އޮޅުން ފިލުވަން ދަތިވެދެއެވެ. ގިނަ ފަހަރަށް ފިޠުރަތާ ޚިލާފުގޮތްތަށް ރަނގަޅު ގޮތްކަމުގައި ބެލެވެން ފެށެއެވެ. އެހެން ކަމުން ފިޠުރަތާ ޚިލާފު ޝާޛު މީހުން ދެކޭގޮތުގައި ނަޖިސް ކަންތައްތަކަކީ ޠާހިރުކަންތައްތަކެވެ. އަދި ޠާހިރު ކަންތައްތަކަކީ އެމީހުންގެ ގާތުގައި ނަޖިސް، ހަޑިމުޑުދާރު ކަންތައްތަކެވެ.

އެއްޖިންސީ ގުޅުމޭ ބުނާއިރު އިހުޒަމާނުގައި މިޢަމަލު އޮތި ހަމައެކަނި ފިރިހެނުންގެ ތެރޭގައެވެ. ނަމަވެސް މިހާރު މިއޮތީ މިނުބައި ޢަމަލު އަންހެނުންގެ ތެރޭގައި ވެސް ޢާއްމު ވެފައެވެ.

އެއްޖިންސީ ބަލި އެންމެ ފުރަތަމަ ދުނިޔެއަށް ތަޢާރުފުކުރި ބައެއްކަމުގައި ވަނީ ލޫޠު ޢަލައިހިއްސަލާމުގެ ޤައުމުގެ މީހުންނެވެ. ކީރިތި ޤުރުއާނާއި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ   ބަސްފުޅުން ސާބިތުވެ އެނގޭގޮތުގައި މިމީހުންވީ މިނުބައި ޢަމަލު ކުރުމުގައި ހައްދުފަހަނައަޅައި ގޮސްފައެވެ. އެހެންކަމުން އިސްލާމް ދީން މިޢަމަލުގެ ނުބައިކަމާއި މިކަމަކީ ﷲގެ ޙަޟުރަތުގައި ނުބައި ފާޙިޝު ޢަމަލެއްކަން އަންގަވާ ބަޔާންކުރައްވާފައި ވެއެވެ. ﷲގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ. (( وَلُوطًا إِذْ قَالَ لِقَوْمِهِ أَتَأْتُونَ الْفَاحِشَةَ مَا سَبَقَكُمْ بِهَا مِنْ أَحَدٍ مِنَ الْعَالَمِينَ (*) إِنَّكُمْ لَتَأْتُونَ الرِّجَالَ شَهْوَةً مِنْ دُونِ النِّسَاءِ بَلْ أَنْتُمْ قَوْمٌ مُسْرِفُونَ )) (އަލްއަޢުރާފު : 80-81) މާނައީ: “އަދި ލޫޠު އޭނާގެ ޤައުމުގެ މީހުންގެ ގާތުގައި ބުނިބުނުން ހަނދުމަކުރާށެވެ. އޭނާ ބުންޏެވެ. ތިޔަބައިމީހުން، މީގެ ކުރީން ދުނިޔޭގެ އެއްވެސް މީހަކު ކޮށްފައިނުވާ ފާޙިޝު ޢަމަލެއް ގެނަސްގެންނަނީ ހެއްޔެވެ؟ ހަމަކަށަވަރުން ތިޔަބައިމީހުން ޝަހުވަތުގެ ގޮތުން ތިޔަބޭނުންކުރަންދަނީ އަނބިންދޫކޮފަ ފިރިހެނުންގެ ގާތަށްހެއްޔެވެ؟ ބަލަ ތިޔަބައިމީހުންނަކީ ހާދަހާވާ ހައްދުފަހަނަޅައި ދިއުން ބޮޑުބައެއްތާއެވެ.”

މިނުބައި ޢަމަލާބެހޭ ގޮތުން ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރެއްވި ބަސްފުޅެއްގައި ވެއެވެ. “ތިޔައިގެތެރޭން މީހަކަށް ލޫޠުބާގައިގެ މީހުންގެ ޢަމަލެއް ގެންނަތަން ފެނިއްޖެނަމަ، އެކަންކުރިމީހާއާއި ކަންކުރެވުނު މީހާއާ ދެމީހުން ޤަތުލުކުރާށެވެ.” (އަބޫދާއޫދު، ޙާކިމް، ޛަހަބީ) އަދިވެސް އިތުރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘުފުޅެއް އިމާމު އަޙްމަދާއި ޙާކިމް ރިވާކުރައްވާފައި ވެއެވެ. ” ލޫޠުބާގައިގެ މީހުންގެ ޢަމަލު ހިންގާ މީހަކަށް ލަޢުނަތް ހުއްޓެވެ.” އަދިވެސް އެދެބެއިކަލުން ލޮބުވެތި ރަސޫލާގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އަދި ވެސް އިތުރު މާތް ސާހިބާ ޙަދީޘުކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ އުއްމަތު މީހުނާމެދު ތިމަންކަލޭގެފާނު އެންމެ ބޮޑަށް ބިރުވެތިވެ ވަޑައިގަންނަވާ ކަމަކީ އެމީހުންގެ ކިބައިން ލޫޠުބާގައިގެ ޢަމަލު ހިންގަންފެށުމެވެ.”

މިމައްސަލައާމެދު ކީރިތި ރަސޫލާގެ ލޮބުވެތި ޞަޙާބީންނާއި ސަލަފުގެ ދަންނަބޭކަލުންގެ ބަސްފުޅުތަކަށް ބަލާލަން އެބަޖެހެއެވެ. އެބޭކަލުން މީގެ ޙުކުމާމެދު ވިދާޅުވަނީ ކީކޭތޯއެވެ. އާދެ، ދަންނަބޭކަލުންގެ އިޖުމާޢިން ސާބިތުވާގޮތުގައި މިކަމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި މިފަދަ މީހުންގެ ޙުކުމަކީ މެރުންކަމުގައި ލޮބުވެތި ރަސޫލާގެ އަޞްޙާބުބޭކަލުން އިޖްމާވެ ވަޑައިގަންނަވައެވެ. މިކަމުގައި އެމީހާ މީހަކާ އިނދެގެން ހުރި ކަމުގައި ވިއަސް ނުވަތަ ނީދެހުރިކަމުގައި ވިއަސް ހަމަހަމަވެގެންވާ ކަމުގައެވެ. ދަންނަބޭކަލުންގެ ބަސްފުޅުތަކަށް ބަލާއިރު ވެސް ހުރިހާ ދަންނަބޭކަލުން މިފަދަ މީހާގެ ޙުކުމަކީ މަރުންކަމުގައި އެއްބަސްވެ ވަޑައިގަންނަވައެވެ. ނަމަވެސް މެރުމުގެ ގޮތަކަކީ ކޮބައިތޯ މިކަމުގައި ދަންނަބޭކަލުން އިޚްތިލާފު ވެވަޑައިގަންނަވައެވެ. އިމާމުވެރިބެއިކަލުންގެ ތެރެއިން ގިނަބޭކަލުން ދެކެވަޑައިގަންނަވަނީ މުޙްޞިނެއްކަމުގައި ވިއަސް އެބަހީ ކައިވެނި ކޮށްފަ ހުރި މީހެއްކަމުގައި ވިއަސް ނުވަތަ މުޙްޞިނެއް ނޫން ކަމުގައި ވިއަސް އެބަހީ ކާވެނި ނުކޮށް ހުރި މީހެއްކަމުގައި ވިއަސް އޭނާ ޤަތުލުކުރުމަށެވެ. އަނެއްބައި ބެއިކަލުންގެ ބަސްފުޅަކީ މުޙްޞިނެއް ކަމުގައި ވިއަސް ނުވަތަ މުޙްޞިނެއް ނޫން ކަމުގައި ވިއަސް ރަޖަމުކުރުމަށެވެ. (އެބަހީ ކުދިގަލުން ތަލާ މެރުމަށެވެ.) އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ މުޙްޞިނެއްނަމަ ރަޖަމު ކުރުމަށެވެ. މުޙްޞިނެއްކަމުގައި ނުވާނަމަ ޤަތުލުކުރުމަށެވެ. އަދި ބައެއް ޢިލްމުވެރިން އުސްތަނަކުން ވައްޓާ މަރާލުމަށް ވެސް ވިދާޅުވެއެވެ. މިކަމުގައި އެޅުނު މީހާއާއި އެޅެވުނު މީހާގެ ތަފާތެއް ނެތްގޮތަށެވެ. މާތް ﷲގެ ޙަޟުރަތުން ލޫޠުބާގައިގެ މީހުންގެ ސަޒާއެއްކަމުގައި ލައްވާފައިވަނީ އެމީހުންގެ ރަށް އެފުށް މިފުށަށް ޖައްސަވައި ހަލާކުކޮށްލެއްވުމެވެ. ﷲ ވަޙީ ބަސްފުޅުގައި އައިސްފައިވަނީ މިފަދައިންނެވެ. (( فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِنْ سِجِّيلٍ مَنْضُودٍ (*) مُسَوَّمَةً عِنْدَ رَبِّكَ وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ )) (ހޫދު: 82-83) މާނައީ: “ދެންފަހެ އަހުރެންގެ(އެބަހީ ﷲގެ) އަމުރުފުޅު އައިހިނދު  އެރަށް އެފުށްމިފުށަށް ޖައްސެވީމެވެ. އަދި އެރަށަށް ނަރަކައިގެ ގިނިހިލައިގެ ވާރޭ ވެއްސެވީމެވެ. ކަލޭގެވެރި ރަސްކަލާނގެ ޙަޟުރަތުން އައި ކޯފާއެއްގެ ގޮތުގައެވެ. އެކޯފާއަކީ އެއްގޮތަކަށް ވެސް މިފަދަ ފާފަވެރިންގެ މައްޗަށް އައުން ދުރުގައިއޮތް ކަމެއްނޫނެވެ.”

 

މިބަލީގެ ސަބަބުން އަތުވެދާނެ ނުރައްކާތައް :

މިކަމުގައި ހުރި ނުރައްކާތަކާއި ގެއްލުންތަކަށް ބަލާއިރު މީގައި ތަފާތު އެތަކެއް ގެއްލުންތަކެއް އެބަހުއްޓެވެ. އޭގެތެރޭގައި ދީނީ ގޮތުން ހުރި ގެއްލުންތަކާއި ޚިލްޤީގޮތުން ހުރި ގެއްލުންތަކާއި ނަފްސާނީ ގޮތުންނާއި ޞިއްޙީގޮތުން ހުރި ގެއްލުން ހިމެނެއެވެ.

ދީނީގޮތުން ހުރި ގެއްލުންތަކަށް ބަލާއިރު، މިއީ ﷲ ނަހީ ކުރައްވާފައިވާ ބޮޑު ފާފައެކެވެ. އެއިލާހުގެ ނަހީއަކަށް އަރައިގަތުމެކެވެ. އަޅުވަންތަކަމުން ބޭރުވެ ބޯލެނބުމުން އެއްކިބާވެގަތުމެކެވެ. ﷲގެ އެއްކައުވަންތަކަމާ ޢަމަލީގޮތުން އިންކާރުކުރެވި ތިމާއަކީ އަމިއްލައަށް އުފެދިފައިވާ މީހެއްކަމުގައި ދަޢުވާ ކުރެވުމެވެ. އިމާމް އިބްނު ޤައްޔިމް ވިދާޅުވާ ގޮތުގައި ޒިނޭއާއި އެއްޖިންސީ ގުޅުމަކީ ނަޖިސްތަކުގެ ތެރެއިން އަރާހުރި ނަޖިހެވެ. އެއިން ހިތްފާސިދުކޮށް މަރާލައެވެ. އަޅުވަންތަކަމުން މީހާ ބޭރުކޮށްލައެވެ. ކަލާނގެއަކީ ތިމާގެ އެދުންކަމުގައި ވެދެއެވެ. ﷲ ދޫކޮށްލައެވެ. ތިމާގެ ލޯތްބާއި އެދުންވެރިކަމުގެ ކުރިމަތީގައި ހުރިހާ ބޭނުންތަކަކަށް ވުރެން އެކަން އިސްކުރެވެއެވެ. އެހެންކަމުން ﷲއަށް ޝިރުކުކުރުމާއި ފާޙިޝު ޖިންސީ ޢަމަލުތައް ގުޅިގެދެއެވެ.

މިކަމުގައި ހުރި ޚިލްޤީ ގޮތުން ލިބޭ ގެއްލުންތަކަށް ބަލާއިރު ވަރަށް ގިނައެވެ. އޭގެތެރޭގައި އެއްކަމަކީ ފިޠުރަތުގެ ރީތިގޮތުން އެއްކިބާވުމެވެ. ލަދުޙަޔާ ގެއްލުމެވެ. ދޫނުބައިވުމެވެ. ހިތްކާފަރުވެ މަރުވުމެވެ. ޠާހިރު ޢިލްމުން މަޙްރޫމު ވުމެވެ. މުރޫވައްތެރިކަން ނެތިގޮސް، ތިމާގެ ކިބައިގައި ފިޠުރީ ގޮތުން ލައްވާފައިވާ ފިރިހެން ވަންތަކަން ނުވަތަ އަންހެން ވަންތަކަން ގެއްލިގެން ދިއުމެވެ. ކުށްތަކަށާއި ޖަރީމާތަކަށް އަރައިގަތުމަށް ލޯބިއުފެދުމެވެ. ޢިއްޒަތުއް ނަފްސު ވެއްޓުމެވެ. ރީތި ކަންކަން ކުރުމުގެ ޝައުޤުވެރިކަން ހިނގައިދިއުމެެވެ.

ނަފްސާނީ ގޮތުން ހުރި ގެއްލުންތަކަށް ބަލާއިރު ހިތުގައި ބިރުވެތިކަން އުފެދުމާއި ހިތްހަމަނުޖެހުމާއި  ހަމަހިމޭންކަން ނުލިބުމާއި ނަފްސާނީ ބަލިތަކާއި ކުރިމަތިލާން ޖެހުމާއި އެކަހެރިކަން އިހްސާސްވުމާއި އިޖްތިމާޢީ ވޭންތައް ތަޙައްމުލުކުރަން ޖެހުމާއި ޖިންސީ ނުކުޅެދުން ވާރުތަ ކުރުމާއި ޖިންސީ ތަފާތު ބަލިތައް ޖެހުމާއި ފާފައަށް އަރައިގަންނަކަމުގެ އިޙްސާސްތައް އުފެދި ނުތަނަވަސްކަމުގެ ދުނިޔެއަށް މީހާއަށް އާދެވުމާއި އަބަދުމެ ނާއުއްމީދުކުރާ މީހެއްގެ ގޮތުގައި އުޅެންޖެހުމާއި ބޮޑެތި ވަބާތަކާ ކުރިމަތިލާންޖެހުން ހިމެނެއެވެ.

މިކަމަކީ ޞިއްޙީގޮތުން ވެސް އެހާބޮޑެތި ގެއްލުންދޭކަމެއް ކަމުގައި ޢިިލްމުވެރިން ބަޔާންކުރައްވާފައި ވެއެވެ. އޭގެ ތެރޭގައި ފިރިހެނަކު ނަމަ އަންހެނުންގެ ބޭނުން ހިފުމުން އަދި އަންހެނަކުނަމަ ފިރިހެނުންގެ ކިބައިން ލައްޒަތު ހޯދުމުން ހިތްކެޑި ދެއެވެ. ފިޠުރަތުގެ ސާފުގޮތް ގެއްލިދެއެވެ. ހިތުގެ ބަލިތަކުގެ އިތުރުން ތިމާގެ ހަށިގަނޑުގެ ޖިންސީ ގުނަވަންތަކުގައި ތަފާތު ޢައިބުތައް އުފެދިދެއެވެ. ތަފާތު ނުރައްކާތެރި ބަލިތަކަށް ވާރުތަވެދެއެވެ. ޚާއްޞަކޮށް އެއިޑްސް ފަދަ ނުރައްކާތެރި ބަލިތަކަކީ މިފަދަ މީހުންގެ ގާތް އެއްޗަކަށް ވެދެއެވެ. ﷲގެ ކޯފާގެ ތެރޭގައި ނުރައްކާތެރި ބަލިތައް ޢާއްމުކުރެއްވުން ހެމެނިފައި ވުމީ ޝައްކެއް ހުރި ކަމެއްނޫނެވެ. އެއިޑްސްގެ ބައްޔަށް ބަލާއިރު މިނުރައްކާތެރި ވަބާ ޖެހިފައިވާ މީހުންގެ ތެރެއިން 95 % އަކީ އެއްޖިންސީ ގޮޅުން ހިންގާ މީހުންކަމުގައި ދިރާސާތަކުން ސާބިތުވާން އެބަހުއްޓެވެ. (މާތްﷲ އަޅުގަނޑުމެން މިވަބާއިން ސަލާމަތް ކުރައްވާށިއެވެ.)

 

މިބަލިން ސަލާމަތްވުމަށް ޓަކައި އެޅިދާނެ ރައްކާތެރިކުރަނިވި މަގުތައް: 

މިނުރައްކާތެރި ބަލިން ސަލާމަތްވެގަތުމަށް އިސްލާމް ދީނުގައި ތަފާތު މަގުތައް ދައްކުވާދީފައި ވެއެވެ. އޭގެތެރޭން އެއްކަމަކީ އިޚްލާޞްތެރިކަމާއެކު ތައުބާ ވުމެވެ. ހިތްނިޔަތް ޚަލާސްކޮށް މީހާ ވާތައުބާ މާތް ﷲ ލަހެއް ފަހެއް ނުކުރައްވާ ޤަބޫލު ކުރައްވާނެއެވެ. މިކަމުން ދުރުހެލިވުމަށް ނިޔަތްގަނެ ޚާލިޞްވުމެވެ. ތިމާގެ ހަވާނަފްސުގެ އެދުމުން އެއްކިބާވެގަތުމުގައި ކެތްކުރުމާއެކު ނަފްސާ އިދިކޮޅަށް ޖިހާދު ކުރުމެވެ. ފަރުޟު ފަސްނަމާދަށް ބަރާބަރަށް ރައްކާތެރިވުމެވެ. ގިނަގިނައިން ރޯދަ ހިފުމަށް ސަމާލުކަން ދިނުމެވެ. ކީރިތި ޤުރުއާން ކިޔެވުމާއި އަޑުއެހުން ގިނަކުރުމެވެ. ތިމާގެ ބެލުންތައް ނުބައި ގޮތުގައި ތިމާގެ ބެލުންތައް ބޭނުން ނުކޮށް ހިނގައި ބިނގައި އުޅޭއިރު ތިމާގެ ބެލުން ތިރިކުރުމެވެ. ޝަހުވާނީ އެދުންތަކަށް ލޯބިޖެހުމަށް މަގު ފަހިކޮށް ސަބަބުތަކުން ދުރުހެލިވުމެވެ. އެފަދަ ރައްޓެހިންނާއި ލޯބިވެރިންގެ ކިބައިން ސަލާމަތްވެ އުޅުމެވެ. ގިނަ ހުސްވަގުތުތަކުން އެއްކިބާވެ، ތިމާއަށާއި މުޖްތަމަޢަށް ފައިދާހުރި މަަސައްކަތްތަކާއި ކަންކަމުގައި މަޝްޣޫލުވެ އުޅުމެވެ. އެއިރުން ޝައިޠާނީ ވަސްވާސްތަކާއި ހިތުގެ ނުބައި އެދުންތަކުން ތިމާ ދުރުހެލިކޮށް ލަދޭނެއެވެ. ވީހާވެސް ބޮޑަށް ތިމާގެ ޢައުރަ ސަލާމަތްތެރިކޮށް ރައްކާކޮށްގެން އުޅެ، ޢިިއްފަތްތެރިކަމާއި އަބުރުވެރިކަމުގެ ގަހަނާއިން ޒީނަތްތެރިވެ އުޅުމެވެ. ކުޅިވަރު ކުޅުމަށާއިި އެނޫންވެސް މިފަދަ ޙާލަތަކާ ދިމާވިއަސް ތިމާގެ އައުރަ ދައްކައިގެން ނުއުޅުމެވެ. އަނެކުންގެ އައުރައަށް ބަލައި ހިތްނުތަނަވަސް ވިޔަ ނުދިނުމެވެ. ރީތިވުމާއި ޒީނަތްތެރިވުމުގައި މެދުމިންވަރެއް އިޚްތިޔާރުކުރުމާއެކު އެކަމުގައި ހައްދުފަހައަޅައި ނުދިއުމެވެ. ހެދުން ލުމުގައި ޝަހުވަތުގެ މަގަށް ދޮރުކޮށާލަދޭފަދަ ހެދުން ތަކުން އެއްކިބާވެ އުޅުމެވެ. ބޮލުގެ އިސްތަށިގަނޑު ބެހެއްޓުމުގައި ހައްދުފަހަނަޅައި ނުދިއުމެވެ. ފިރިހެނުން އަންހެނުންނާ އެއްގޮތްވާފަދަ ގޮތަކަށް ބޯ ނުބެހެއްޓުމެވެ. އަދި އަންހެނުން ބޯކަނދުރާއާއި ހަމައަށް ކޮށައި ކުރުކޮށް ފިރިހެނުންގެ ސިފަޖައްސައިގެން ނޫޅުމެވެ. ހަމަ އެއާއެކު ހީނ ސަމާސާކުރުމާއި ކުޅިމަޖާކުރުން ގިނަ ނުކުރުމެވެ. ފިރިހެނުންނާއި އަންހެނުން މަސްހުނިވެ އުޅުމުގެ ފުރުޞަތު ނުހޯދުމެވެ. އަދި ޖިންސީ ބައްޔަށް މަގުދައްކާފަދަ ބަޔަކާ ގައިގޯޅިވެ ނެހެދުމެވެ. އެފަދަ ކަމަކަށް ހިތްކިޔާފަދަ ބަޔަކާއެކު ނޫޅުމެވެ. އެކުވެރި ރަޙްމަތްތެރިންގެ ގޮތުގައި އަޚްލާޤާއި ސުލޫކު ރަނގަޅުމީހުން އިޚްތިޔާރު ކުރުމާއެކު ނުބައި އާދަކާދަތަކުގެ އަހުލުވެރިންނާ އެކުނޫޅެ ދޫކޮށްލުމެވެ. އެފަދަ މީސްމީހުންގެ ބިރުދެއްކުންތަކުންނާއި އިންޒާރުތަކާއި ކުރާ ޖެއްސުންތަކަށް ޖެހިލުންނުވެ ތިމާއަކީ ކެރޭ ޖެހިލުންކުޑަ މީހަކަށް ވުމެވެ. ތިމާގެ ޝަޚުޞިއްޔަތު ހަރުދަނާކޮށް، ތިމާގެ ކިބައިގައިވާ ބަނިޔާދަންކަން ވަރުގަދަ ކުރުމެވެ. ތިމާގެ ކިބައިން ފިނޑިކަމާއި ކަންނެތްކަން ދުރުކޮށްލުމެވެ. ތިމާއާ ދިމާވާ ކަންތައްތައް ހައްލުކުރުމަށްޓަކާ މައިންބަފައިންނާއި ހެއުލަފާ ގާތްތިމާގެ މީހުންނާއި ހެއުއެދޭ އެކުވެރިންނާއި މުދައްރިސުންނާއި ތިމާ އިތުބާރުކުރާ ޢިލްމުވެރިންގެ އެހީއާއި މަޝްވަރާ ހޯދާ އުޅުމެވެ. ފަރުޟު ފަސް ނަމާދަށް ރައްކައުތެރިވުމާއެކު ގިނަގިނައިން ﷲގެ ޙަޟުރަތަށް ކުއްތަންވެ ދުޢާކުރުމެވެ. އިޚްލާޞްތެރިކަން ލިބޭތޯއެވެ. ހިތްސާފުޠާހިރުކޮށްދެއްވާތޯއެވެ. ﷲގެ ލޮބުވެތި އަޅެއްގެ ގޮތުގައި ލައްވާތޯއެވެ. ތިމާގެ ޙާލަތްތައް ބަދަލުކޮށްދެއްވާތޯއެވެ. ތިމާގެ ދިރިއުޅުން ތިންބަޔަކަށް ބަހާލުމަކީ މިގޮތުން ވަރަށް ރަނގަޅު ކަމެކެވެ. އެއީ އެއްބައި މަސައްކަތް ކުރުމަށެވެ. އަނެއްބައި އަޅުކަމުގައި މަޝްޣޫލުވުމާއި ހެއުލަފާ ޞާލިޙުންނާއި މައިބަފައިންނާއެކު އުޅުމަށެވެ. އަނެއްބައި ނިދުމާ ސާފުތާހިރުވެ އުޅުމަށެވެ. މިގޮތަށް ތިމާގެ ދިރިއުޅުން ބައްޓަންކޮށްފި ކަމުގައި ވާނަމަ ﷲގެ އިރާދަފުޅާއެކު ތިމާއަކީ މިފަދަ ނުބައި ފާޙިޝު ޢަމަލުތަކުން އެއްކިބާވެ ހުރެ އެއިލާހުގެ ލޮބެވެތި އަޅެއްގެ ގޮތުގައި ދިއުޅުން ބިނާކޮށް މުޖްތަމަޢުގައި ފައިދާހުރި ރަނގަޅުމީހެއްގެ ގޮތުގައި ދިރިއުޅޭ ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބޭނެ މީހެއްކަމުގައި ވާނެކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅުގަނޑުމެން އެންމެން މިނުބައި ބަލިން ސަލާމަތްކުރައްވުމެވެ.

What is the ruling on establishing a contracting company for building tourist resorts on the coast, where the visitors will be foreign tourists as well as locals, and in which there will be a lot of haraam things, such as nakedness, alcohol and immorality, and in which there will also be permissible things, such as supermarkets and medical clinics etc?.
Continue Reading »

 

 

 

 

އެމެރިކާގައި އަންހެނުން އެބައިމީހުންގެ ގެތަކުން ނެރެލެވުނުގޮތް

 

 

 

18 ވަނަ ޤަރުނުން ފެށިގެން މިއަދާއި ހަމަޔަށް ހުޅަނގުގެ ޢާއިލާތައް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ހުޅަނގުން މި ބަދަލަށް އަންހެނުން މިނިވަން ކުރުމުގެ ހަރަކާތޭ ކިޔުނަސް ތާރީޚީ ޙަޤީޤަތަށް ބަލާއިރު ފެނި ހާމަވެގެންދަނީ މީގެ އިދިކޮޅެވެ.

 

 

18 ވަނަ ޤަރުނުގެ ކުރިން އެމެރިކާއަކީ ދަނޑުވެރިކަން ކުރި ޤައުމެކެވެ. އަދި އެޤައުމުގެ 90% މީހުން މަސައްކަތް ކުރަމުން ގެންދިޔައީ އަމިއްލަ ދަނޑުތަކުގައެވެ. ކޮންމެ ގެއެއްގެ މީހުންވެސް އުޅެމުން ދިޔައީ އަމިއްލަޔަށް ފުދިގެންނެވެ. އާއްމުގޮތެއްގައި އެމީހުންނަށް ބޭނުންވާ ހުރިހާއެއްޗެއް އެމީހުންގެ ގެތަކުން ލިބެއެވެ. ގޭގައި އުފެއްދެން ނެތް ތަކެތި އެމީހުން ގަނެ އުޅުނީ އެތާނގެ މަސައްކަތްތެރިންގެ ގާތުންނެވެ. ޔޫރަޕުން އެތެރެ ކޮށްފައިވާ އެހެނިހެންތަކެތި ގަނެ އުޅެނީ ފިހާރަތަކުންނެވެ. ގޭގެ ފިރިހެންވެރިން ދަނޑުގެ ކަންތައް ބަލަހައްޓައެވެ. އަދި އަންހެންވެރިން ގޭގެ ކަންތައްތަކުގައި ގޭގައި މަސައްކަތް ކުރެއެވެ.

 

 

އިންޑަސްޓްރިލް ރިވޮލިއުޝަން ( ސިނާޢީ އިންޤިލާބް )

 

18 ވަނަ ޤަރުނުގެ ކުރީކޮޅު އެމެރިކާގައި އޮތް މި ދިރިއުޅުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. 1807 ވަނަ އަހަރު އިނގިރޭސި ވިލާތާއި  ފްރާންސާއި ދެމެދު ފެށުނު ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ރައީސް ޖެފަރސަން އެމެރިކާއާއި ޔޫރަޕާއި ދެމެދު ކުރެވޭ ހުރިހާ ވިޔަފާއިއެއް ހުއްޓާލުމަށް ޤަރާރެއްގައި ސޮއިކުރެއްވިއެވެ. މި ނިންމުމުގެ ދަށުން ޔޫރަޕްގެ އެއްވެސް އުފެއްދުމެށް އެމެރިކާގައި ނުވިއްކުމަށާއި އަދި އެމެރިކާގައި އެ ތަކެތި އުފައްދަން ޖެހޭނެކަމުގައި ކަނޑައެޅިގެން ދިޔައެވެ. ޔޫރަޕުން އެމެރިކާއަށް މައިގަނޑު ގޮތެއްގައި އިމްޕޯރޓްކުރި އެއް މުދަލަކީ ފޮތްޗެވެ. އެހެން ކަމުން ޔޫރަޕްގެ ފޮތި އިމްޕޯރޓް ކުރުން ހުއްޓުމާއެކު އެމެރިކާގެ މުއްސަނދި ވިޔަފާރިވެރިން މިސްރާބު ޖެހީ އެމެރިކާގައި ވަރުގަދަ ފޮތީގެ ސިނާޢަތެއް އުފެއްދުމަށެވެ.

 

 

1814 ވަނަ އަހަރު އެމެރިކާގެ ބޮސްޓަންގެ  ފްރެންސިސް ކޮބެޓް ލޯވެލް ކިޔާމީހަކު ޒަމާނީ ފުރަތަމަ ފެކްޓްރީ އުފެއްދިއެވެ. އަދި އެ ތާނގައި ކުރަންހުރި މަސައްކަތްތައް އިހުނަށްވުރެ އަވަސް އަވަހަހް ނިންމަންޖެހުނެވެ. ގެ ތަކުގައި އަތުން ތަކެތި ފަސޭހަކަމާއެކު އުފެއްދުނަސް ފެކްޓްރީ އެއްގެ ތެރޭގައި ބާރު ސްޕީޑުގައި  އަވަހަށް އެއްފުރާޅެއްގެ ދަށުން ތަކެތި އުފައްދައި ނިންމަންޖެހުނެވެ. އެހެންކަމުން މިހާރު ލޯވެލް އަށް ބޭނުން ވެފައިވާ ބަޔަކީ މަސައްކަތުމީހުންނެވެ. އޭނާއަށް ވިސްނުނު ގޮތުގައި އަންހެނުން، ޚާއްސަކޮށް ދަނޑުވެިރިންގެ ކާވެނި ނުކޮށްތިބި އަންހެންދަރިން މަސައްކަތު މީހުންގެ ގޮތުގައި ގެންގުޅުން ފިރިހެނުން ގެންގުޅުމަށްވުރެ މާ ހަރަދު ކުޑައެވެ. އަދި އެ އަންހެނުންވެސް ފެކްޓްރީތަކުގެ އެކި އެކި މަޤާމްތަކުގައި މަސައްކަތް ކުރުމަށް ބޭނުންވިއެވެ.

 

 

އެހެން ނަމަވެސް ލޯވެލް އަށް ކުރަންޖެހުނު މަސައްކަތަކީ އަންހެނުން ގެއިން ބޭރުގައި މަސައްކަތް ކުރުމަކީ ރަނގަޅުކަމެއް ނޫންކަމުގައި ދެކެމުންއައި މި މިޖުތަމަޢުގެ ފިކުރު ބަދަލު ކޮށްލުމުގެ މަސައްކަތެވެ. އެހެންކަމުން އެ އަންހެނުންގެ މައިންބަފައިންނަށް އެ އަންހެނުން ރަނގަޅު ގޮތުގައި ބެލެހެއްޓި ރަނގަޅު އަޚްލާގުގައި މުޢާމަލާތް ކުރެވޭނޭކަމުގެ ޔަޤީންކަން އޭނާ ދިނެވެ. އަދި އެއަށްފަހު އޭނާ ދަނާލެއް (ބޯރޑިން ފެސިލިޓީ) ހެދުމަށްފަހު އެތަނުގައި ހުރިހާ އަންހެނުން ފެކްޓްރީ މަސައްކަތް ކުރަމުން އެކީގައި އުޅެން ފެށިއެވެ.

 

 

މިޔަށްފަހު ވަރަށް ގާތްގާތުގައި އެމެރިކާގެ އެކި ހިސާބުތަކުގައި ފެކްޓްރީތައް ހަދަންފެށިއެވެ. ފެކްޓްރީތަކުގެ ވެރިން ލޯވެލް ގެ ވިސްނުން ކުރިޔަށްނެރެ އޭނަޔަށް ތަބާވެ ކައިވެނި ނުކޮށް ހުސްހަށިބަޔަށް ތިބި އަންހެނުން ފެކްޓްރީތަކަށް މަސައްކަތް ކުރުމަށް ނެރުނެވެ. 1850 ވަނަ އަހަރުވީއިރު އެމެރިކާގެ ގިނަ އުފެެއްދުންތައް އުފައްދަމުން ދިޔައީ ފެކްޓްރީ ތަކުގައެވެ. އަދި ތަކެތި އުފެއްދުން ރަށްފުށު ހިސާބުން ސިޓީތަކަށް ބަދަލުވުމުން މީހުންވެސް ސިޓީތަކަށް ބަދަލުވާން ފެށިއެވެ.

 

 

ބޮޑު މުސާރައެއް ހޯދުމުގެ ބޭނުމުގައި މީހުންނަށް ޖެހުނީ އެބައިމީހުންގެ ގެތައްދޫކޮށް ދާށެވެ. އަންހެނުން ދަނޑުތަކުގައި މަސަކަތް ކުރިއިރު އަބަދުވެސް މަސައްކަތާއި އާއިލާ އާއި އޮންނަނީ ގުޅިފައެވެ. އަންހެނުން މަސައްކަތް ކުރުމަށް ގެއިން ބޭރަށް ނުކުތުމުން، އާއިލީ ޒިއްމާ އުމުލަން ނުޖެހޭ އަދި ފިރިޔަކު ނެތް އަންހެނުން މިގޮތަށް މަސައްކަތް ކުރުމަށް ދިޔައެވެ. މިހެން ވުމުގެ ސަބަބުން އާއިލާއާއި ދަރިން ރަނގަޅު ގޮތުގައި ޒިއްމާދާރު ގޮތުގައި ބެލެހެއްޓޭނެ ހަމައެކަނި ބަޔަކަށް ތިބީ ފެކްޓްރީ މަސައްކަތަށް ނުގޮސް ގޭގައި ތިބޭ އަންނެނުން އެކަނިއެވެ.

 

 

ގެއިން ބޭރުގައި މަސައްކަތް ކުރުން ކައިވެނި ނުކޮށްތިބޭ އަންހެނުންގެ ދިރިއުޅުމުގެ ބަޔަކަށް ވެގެން ދިޔައެވެ. އެމީހުން ކައިވެންޏެއް ކުރަންދެން މަސައްކަތު ދެއެވެ. އަހަރުތައް ފާއިތު ވަމުން ދިޔަވަރަކަށް އާއިލީ ދިރިއުޅުން މަސައްކަތް ކުރުމަށް ހުރސްއަޅާ ކަމުގައި އަންހެނުންނަށް ބެލެވެން ފެށިއެވެ. އެހެންކަމުން ގިނަ އަންހެނުން ކައިވެނި ކުރުން ލަސްކުރަން ފެށިއެވެ. އަދި ބައެއް އަންހެނުން ހުސްހަށިބަޔަށް ތިބުމަށް ނިންމިއެވެ.

 

 

އެހެންނަމަވެސް ކައިވެނިކޮށްގެން ތިބި އަނބީން ގެތަކުގައި މަޑުކޮށް އެބައިމީހުންގެ ދަރީންނަށް އެބައިމީހުންގެ ވަގުތުތަށް ޚާއްސަކުރިއެވެ. މިހާރަކު ގޭދޮށު ދަނޑުގެ މސައްކަތެއްވެސް ކުރާކަށް ނުޖެހެއެވެ. އެހެންކަމުން ގޭގައި ތިބޭ އަނބިންނަށް ދަރިންނާއި އެކުގައި ހޭދަކުރުމަށް މާގިނަ ވަގުތު ލިބެން ފެށިއެވެ. 1900 ވަނަ އަހަރު ގެއިން ބޭރުގައި މަސައްކަތްކުރީ ކައިވެނި ކޮށްގެންތިބޭ އަންހެނުންގެ އެންމެ 5.6% މީހުންނެވެ. މި މުޖުތަމަމަޢުގައި އަންބަކު ގެއިންބޭރަށް މަސައްކަތުދާން ފަށައިފިނަމަ ބެލެވިފައި އޮތީ އޭނާގެ ފިރިމީހާ ގޯސްކަމުގައި ނުވަތަ އެއީ ވަރަށް ފަޤީރު ބައެއް ކަމުގައެވެ.

 

 

 

ފުރަތަމަ ބޮޑު ހަނގުރާމަ

 

 

އެމެރިކާގައި އެންމެ ގިނައިން ކައިވެނި ކޮށްގެންތިބޭ އަންހެނުން މަސައްކަތުގެ ބާޒާރަށް ނުކުންނަށްފެށީ ފުރަތަމަ ބޮޑު ހަނގުރާމައިގެތެރޭ 1914 ވަނަ އަހަރުގައެވެ. ގިނަ ފިރިހެނުން ހަނގުރާމަޔަށް ދިޔުމުން އެމީހުން ދޫކޮށްފައި ދިޔަ ވަޒީފާތައް އަދާކުރާނޭބަޔަކަށް ބޭނުންވިއެވެ. ކައިވެނި ނުކޮށްތިބި އަންހެނުންގެ އަދަދު ވަޒީފާގެ ބާޒާރަށް ބޭނުންވާ ވަރަށްވުރެ މާ މަދެވެ. އެހެންކަމުން ވަޒީފާދޭ ފަރާތްތަކުން މީހުންނާއި ކައިވެނި ކޮށްގެން ތިބޭއަންހެނުންނަށް ވެސް ވަޒީފާއަށް ނުކުތުމަށް ދަޢުވަތުދޭން ފެށިއެވެ. 1919 ވަނަ އަހަރު އައިއިރު ވަޒީފާ އަދާކުރާ އަންހެނުންގެ 25% މީހުންނަކީ ކައިވެނިކޮށްގެން ތިބި އަނބިންނެވެ. މިއީ އަދި ހަމައެކަނި ފެށުމެކެވެ.

 

 

ފުރަތަމަ ބޮޑުހަނގުރާމަ ގެނައި އަނެއް ބަދަލަކީ އެމެރިކާގެ އަސްކަރިއްޔާއަށް އަންހެނުން ވެއްދުމެވެ. ގާތްގަނޑަކަށް 13000 އަންހެން މުވައްޒަމުން އެމެރިކާގެ އަސްކަރިއްޔާގެ ތެރެޔަށް ވެއްދުނެވެ. އޭރު ގިނަ އަންހެނުން ތިބީ އޮފީސް މަސައްކަތުގައެވެ.

 

 

ދަ ގްރޭޓް ޑިޕްރެޝަން  ( ބޮޑުވެގެންވާ ހައިހޫނުކަން )

 

 

ގްރޭޓް ޑިޕްރެޝަން އައީ 1930 ގެ އަހަރުތަކުގެ ތެރޭގައެވެ. ވަޒީފާ ނެތް މީހުންގެ ރޭޓް 1929 ވަނަ އަހަރާއި 1932 ވަނައަހަރާއި ދެމެދު 3.2% އިން 23.6% އަށް އަރައިގެން ދިޔައެވެ. ހުނަރުވެރި މަސައްކަތްތެރިންނަށްވެސް ވަޒީފާ ލިބުން ދަތިވެގެން ދިޔައެވެ. ބައްޕައިން ވަޒީފާއެއް ހޯދުމަށް ދިޔައެވެ. ބައެއްމީހުން ވަރަށް ދަތިޙާލުގައި އެމީހުންގެ ޢާއިލާތައް ދޫކޮށްފައި ވަޒީފާއެއްލިބޭތޯ ދުރު ހިސާބުތަކަށް ދިޔައެވެ. އަދި އާއިލާތައް ބެލެހެއްޓުމަށްޓަކައި ފައިސާހޯދުމުގެ ޒިއްމާ އުފުލުމަށް ވަރަށްގިނަ އާއިލާތަކުގެ މަންމައިންނަށް މަޖުބޫރުވިއެވެ.

 

 

80% ފިރިން އެމީހުންގެ އަނބިން އެއްވެސް ޙާލަތެއްގައި ވަޒީފާޔަށް ދިއުމަށް ނުރުހުނު ކަމުގައިވިޔަސް އެދުވަސްވަރުގައި ދިމާވެފައިވާ އިޤްތިޞާދީ ދަތިތަކުގެ ސަބަބުން މަޖްބޫރުވެގެން ގިނަ އަންހެނުން ވަޒީފާޔަށް ދިޔައެވެ. އެ އަންހެނުން ހޭދަކުރީ ވަރަށް ދިގު މަސައްކަތުގެ ވަގުތުތަކެކެވެ. އެހެންނަމަވެސް ލިބެނީ ވަރަށްކުޑަ މުސާރައެކެވެ. އޭރު ދޮން އަންހެނުންގެ 20% މީހުން އުޅުނީ ވަޒީފާތަކުގައެވެ.

 

ދެވަނަ ބޮޑު ހަނގުރާމަ

 

ދެވަނަ ބޮޑު ހަނގުިރާމަ ފެށުނީ 1940ގެ އަހަރު ތަކުގެ ކުރީ ކޮޅުގައެވެ. ހުރިހާ ފިރިހެނުންވެސް ހަނގުރާމަ ކުރުމަށް ނެރެވުނެވެ. އެހެންކަމުން އެމެރިކާޔަށް މަސައްކަތު މީހުންނާއި ތަކެތި ސަޕްލައި ކޮށްދޭނެ މީހުން ބޭނުން ވިއެވެ. އަނެއްކާވެސް ވަޒީފާދޭމީހުން އަންހެނުން ވަޒީފާތަކަށް ނެރުމަށް މަސައްކަތް ކުރަން ފެށިއެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގައިވެސް ކަންތައް ކުރެވުނު ގޮތަށް މި ހަނގުރާމައިގެ ދުވަސް ވަރުގައިވެސް ކައިވެނިނުކޮށް ތިބި އަންހެނުންނާއި ކައިވެނި ކޮށްގެންތިބި އަންހެނުންނަށް ވަޒީފާތަކަށް ނުކުތުމަށް ދަޢުވަތު ދޭންފެށިއެވެ.

 

 

އެހެންނަމަވެސް އޭރު އެމެރިކާ މީހުން ދެކޭ ގޮތުގައި ކައިވެނިކޮށްގެން ތިބޭ އަނބިން ވަޒީފާޔަށް މަސައްކަތު ދިޔުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެންކަމުން އެމެރިކާގެ ޚަބަރު ފަތުރާ މީޑިޔާ އާއި ސަރުކާރު ގުޅިގެން އެމެރިކާ މީހުންގެ މި ވިސްނުން ބަދަލުކޮށްލުމަށްޓަކައި ޕްރޮޕަގެންޑާ ކެމްޕޭނެއް ފެއްޓިއެވެ. އެމެރިކާގެ ފެޑްރަލް ސަރުކާރުން އެތާނގެ އަންހެނުންނަށް އެންގީ ހަނގުރާމައިން އެމެރިކާޔަށް ނަޞްރު ލިބޭނީ އަންހެނުން ވަޒީފާތަކަށް ނުކުތުމުން ކަމުގައެވެ. އެހެން ނޫނީ ނަޞްރު ނުލިބޭނޭ ކަމުގައެވެ. އެހެންކަމުން މަސައްކަތްކުރާ އަންހެނުންނަކީ ރަގަޅު ރައްޔިތުން ކަމުގައި ވިސްނައިދިނެވެ. އެމީހުންނަކީ ވަތަންދެކެ ލޯބިވާ ބަޔަކު ކަމުގެ ފިކުރު އުފެއްދިއެވެ.

 

 

ސަރުކާރުގެ ފަރާތުން ފަންޑުކޮށްގެން 1942 ވަނަ އަހަރު މެގަޒިން ބިއުރޯއެއް އުފެއްދިއެވެ. މި ބިއުރޯއިން “މެގަޒިން ވަރ ގައިޑް” އޭ ކިޔާ ގައިޑެއް ނުކުއްމިއެވެ. މި ގައިޑް ގައި ބުނެދެނީ ކޮންމެ މަހަކުވެސް މެގަޒިންތަކުން އެމެރިކާއިން ކުރަމުންދާ ހަނގުރާމަޔަށް ތާޢީދު ހޯދުމަށް ޕްރޮޕެގަންޑާ ފެތުރުމަށް ޕަބްލިޝްކުރާނޭ ވާހަކަ ތަކުގެ ތީމް ތަކެވެ. 1943 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހަށް މި ގައިޑްގައި ޚާއްސަކޮށްފައިވާ ތީމް އަކީ “މަސައްކަތުގައި އުޅޭ އަންހެނުން” މި ތީމެވެ. މި ތީމަށް ދީފައިވާ ޝިޢާރަކީ ”  މަސައްކަތުގައި އުޅޭ އަންހެނުން ގިނަވުން، ވީހާވެސް އަވަހަށް އަހަރެމެން (ހަނގުރާމައިން) މޮޅުވުން” މި ޝިޢާރެވެ. މިހެންވެ މެގަޒިންތަކުން އަންހެނުންނާއި ސަޤާފީ ގޮތުންވެސް ނުވެސްގުޅޭ ވަޒީފާތަކަށް މަސައްކަތުގެ ބާޒާރަށް އެމީހުން ނެރުމަށް ހިއްވަރުދީ އެކަންތައް މަތިވެރިކޮށް އެ ޚިޔާލު ފަތުރަމުން ދިޔައެވެ. މި ޚިޔާލުތައް ފަތުރަމުންދިޔަ މީހުންގެ ވިސްނުމަކީ މީހުން ޝައުޤުވެރި ނުވާކަހަލަ ކުދިކުދި ވަޒީފާތައްވެސް ރީތިކޮށްފަ ހިތްގައިމު ކުލަ ޖައްސާފަ އަބުރުވެރި މަސައްކަތްތައް ގޮތުގައި މީހުންނަށް ހުށަހަޅައިދިނުމުން އަންހެނުން މަސައްކަތުގެ ބާޒާރުގެ ތެރެޔަށް ވަންނާނޭ ކަމެވެ.

 

 

މީޑިޔާއިން  ” Rosie the Riveter”  ”  ރޯސީ ދަ ރިވެޓަރ ” ގެ ނަމުގައި ޚިޔާލީ ޝަޚްސިއްޔަތެއް އުފެއްދިއެވެ. މީގެ ބޭނުމަކީ އަންހެނުންނަށް ވަޒީފާއަށް ނުކުތުމަށް ހިއްވަރު ދިނުމެވެ. ރޯސީ ހުށައަޅައިދީފައި ހުންނަނީ ޤައުމުދެކެ ލޯބިވާ އަންހެނެއްގެ ގޮތުގައެވެ. ހުރިހާ އެމެރީކާގެ އަންހެނުންގެ ބަޠަލެއްގެ ގޮތުގައެވެ. ” މުޅި ދުވަހު ހަތަރުދަމު، ވާރޭ ވެހުނަސް އަވިދިނަސް އޭނާއަކީ ފެކްޓްރީގެ އެސަމްބްލީ ލައިންގެ ގެ ބަޔެކެވެ. އޭނާ މަސައްކަތް ކުރަނީ ނަޞްރު (އެމެރިކާ އަށް ދެވަނަ ބޮޑުހަނގުރާމުން ކާމިޔާބު)  ލިބުމަށެވެ…. ރަތާއި، ހުދާއި، ނޫގެ ޙަޤީގަތެއް ރޯސީ ދަ ރިވެޓަރ ގެ ކިބައިގައި ވެއެވެ. ” މިފަދަ ވާހަކަތައް ލިޔަމުން ފަތުރަމުން ދިޔައެވެ.

 

 

މި ޕްރޮޕެގެންޑާގެ މަސައްކަތްތައް ކާމިޔާބު ވިއެވެ. 6 މިލިޔަނަށްވުރެ ގިނަ އަންހެނުން ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި މަސައްކަތުގެ ބާޒާރާއި ގުޅުނެވެ. އެމީހުންގެ ތެރެއިން ގިނަ މީހުންނަކީ ކައިވެނިކޮށްގެން ތިބި އަންހެނުންނެވެ. 1940 ވަނަ އަހަރު ހަނގުރާމައިގެ ކުރިން ވަޒީފާ އަދާކުރާ އަންހެނުންގެ ތެރެއިން ކައިވެނިކޮށްގެންތިބި މީހުންގެ ނިސްބަތަކީ އެންމެ 36% އެވެ. މެދުފަންތީގެ އާއިލާތަކުގައި އަނބިން ވަޒީފާ އަދާ ކުރުމަކީ ރަގަޅު ކަމެއްނޫން ކަމުގައި ދެކެވެމުންއައި ގޮތް ބަދަލުވެގެން ހިނގައްޖެއެވެ.

 

 

ދެވަނަ ބޮޑު ހަނގުރާމަޔަށްފަހު

 

 

1950 ގެ އަހަރުތައް ވެގެންދިޔައީ އެމެރިކާގެ އާއިލާ ތަކަށް ވަރަށްވެސް އުފާވެރި އަހަރުތަކެއް ކަމުގައެވެ. އެހެން ނަމަވެސް ހަނގުރާމައިން އައި ފިރިހެނުންނަށް ވަޒީފާގެ ބޭނުން ޖެހިއްޖެއެވެ. އަނެއްކާވެސް އެމެރިކާގެ ސަރުކާރާއި މީޑިއާ އެއްތަންވެ ޢާއްމުންގެ ވިސްނުން ބަދަލުކޮށްލުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް މި ފަހަރު އެމީހުން ހިއްވަރުދިނީ އަންހެނުން ވަޒީފާތައް ދޫކޮށް އެމީހުންގެ ގެތަކަށް ދިޔުމަށެވެ. މިކަމުން ފާޅުވި ހަޤީގަތަކީ އަންހެނުން ވަޒީފާޔަށް ނެރުނީ އެމީހުންނަށް މިނިވަންކަން ހޯދައި ދިނުމަށް ނޫންކަމެވެ. އެހެން ނަމަވެސް ވަޒީފާތަކަށް މަސައްކަތުމީހުން ބޭނުންވާތީއެވެ.

 

 

އެހެންނަމަވެސް އެމެރިކާގެ ސަރުކާރާއި މީޑިޔާގެ މި މަސައްކަތް ކާމިޔާބެއް ނުވިއެވެ. އެހެންވެ ވަރަށް އަވަހަށް އެކަންތައް ހުއްޓާލައިފިއެވެ. އިޤްތިސާދީ ގޮތުން ދަށްފަންތީގެ އަންހެނުން ވަޒީފާގައި މަޑުކުރަން މަޖްބޫރު ވިއެވެ.

 

 

ވަޒީފާތައް ދޫކޮށް އެމީހުންގެ ދަރިންގެ ގާތަށް ގެތަކަށް އައި އަންހެނުން އެމީހުންގެ ދިރިއުޅުން އެމީހުންގެ ދަރިންނަށް އަނެއްކާވެސް ޚާއްސަކުރިއެވެ. އެހެންނަމަވެސް ހަމަ މިދުވަސްވަރުގައި އެމރިކާގެ މީހުންގެ ދިރިއުޅުމަށް ވަރަށް މުހިއްމު ބަދަލެއް އައިސްފިއެވެ. އެއީ ޓީވީ ޢާއްމުވުމެވެ. 1960 ވަނައަހަރު ވީއިރު އެމެރިކާގެ އާބާދީގެ 90% އަށް އެންމެ މަދުވެންގެން ކޮންމެ މީހަކަށް އެއް ޓީވީ ސެޓް ލިބިފައިވެއެވެ. އާއިލާތަކުން އެއް ޓީވީ ސްކްރީންގެ ވަށައިގެން ތިބެގެން މުނިފޫހިފިލުވައެވެ. ކުރީޒަމާނުގައި ވިޔަފާރި އިސްތިހާރުތަކަށްވެސް މީހުންގެ ޝައުޤުވެރިކަން ވަރަށް ބޮޑަށް ހުރެއެވެ.

 

 

ގިނަ މެދުފަންތީގެ އާއިލާތަކަށް ރަގަޅު ފެންވަރުގެ ޓީވީއެއް ގަތުމުގެ މާލީ ތަނަވަސްކަން އެންމެ ޕޭއި ޗެކް އަކުން ލިބިފައި ނެތެވެ. އޭރު ޓީވީ އަކީ ރަގަޅުފެންވަރުގެ ދިރިއުޅުމަކަށް ވަރަށް މުހިއްމު އެއްޗެއްކަމުގައި އެމީހުން ދެކެމުން ދިޔައެވެ. ވަރަށްގިނަ އަންހެނުން އަނެއްކާވެސް މަސައްކަތުގެ ބާޒާރަށް ނުކުތީ ” އެމރިކާގެ މީހުންގެ ދިރިއުޅުމުގެ ފެނަވަރު ” ހޯދުމުގެ ގޮތުންނެވެ. އެމީހުންނަށް ކޮންމެ މާނަޔެއް މި ޢިބާރާތުން ދޭހަވިކަމުގައި ވިޔަސް ވެސްމެވެ.

 

 

1940 އިން 1950 ވަނަ އަހަރަށް މަސައްކަތުގެ ބާޒާރުގައި އުޅުނު އެމެރިކާގެ އަންހެނުންގެ އަދަދު 9% އިތުރުވިއެވެ. 1930 އިން 1940 އަށް އިތުރު ވެފައިވަނީ އެންމެ 3% އެވެ.

 

 

އަސަރުތައް

 

 

މަންމަމެން ވަޒީފާތަކަށް އެނބުރު ދިޔުމުން އެމީހުންގެ ދަރިން ބަލަހައްޓާނޭ ފަރާތަކަށް ވެގެންދިޔައީ ޓީވީ ތަކެވެ. 1950 ގެ އަހަރު ތަކުގައި ގިނަ ކުދިން އެކުދިންގެ ނިދުމުގެ ގަޑިތައް ނޫން އެހެންގަޑިތައް މުޅިންއެކީ ހޭދަކޮށްފައިވަނީ ޓީވީ ސްކްރީން ތަކުގެ ކުރިމަތީގައެވެ.

 

 

1940 ވަނަ އަހަރު 18 އަހަރުން ދަށުގެ ކުދިންގެެ މަންމައިންގެ ތެރެިން ވަޒީފާޔަށް ގޮސްފައިވަނީ 8.6% މަންމައިންނެވެ. 1987 ވަނަ އަހަރާއި ހަމަޔަށް އައި އިރު 18 އަހަރުން ދަށުގެ ކުދިންގެެ މަންމައިންގެ ތެރެއިން ވަޒީފާޔަށް ގޮސްފައިވަނީ 60.2% މަންމައިންނެވެ.

 

 

އަންހެނުން އާއިލާގެ މާލީ ހަރަދު ބަލަހައްޓަމުންދާކަމުގެ އިހުސާސް އެމީހުންނަށް ވުމުގެ ސަބަބުން އެމީހުންނަށް ވިސްނެންފެށީ އަދި ގަބޫލް ކުރެވެންފެށީ އެމީހުންގެ ފިރިން ގޭގައި ދަރިން ބަލަހައްޓައި ގޭގެ މަސައްކަތްތައް ކުރަންޖެހޭނޭ ކަމެވެ. އެހެންކަމުން މި އަހަރު ތަކުގެ ތެރޭގައި އެމެރިކާގައި ވަރީގެ ނިސްބަތް ދެގުނަ އިތުރު ވިޔެވެ. ވަރީގެ ނިސްބަތް މައްޗަށް ދިޔަމިންވަރުން ކޮންމެ 2 ކައިވެންޏަކުން 1 ކައިވެނި ވަރިން ނިމިގެންދާން ފެށިއެވެ. އަދި މީހުން ކައިވެނި ކުރާ މިންވަރާއި ކުދިން ހޯދާ މިންވަރު ވަރަށްބޮޑުތަން ދަށްވެގެން ދިޔައެވެ. ޓީވީ އިން ފެންނަ މީހުންގެ ދިރިއުޅުމަށްވުރެ ހިތާމަވރިކޮށް ހިތްހަމަނުޖެހިފައި އާދައިގެ މީހުންގެ ދިރިއުޅުންތައް ވިއެވެ.

 

 

އަންހެނުން ވަޒީފާޔަށް ދިޔުމުން މުޖުތަމަޢަށް ވަރަށް ގިނަ ގޮތްގޮތުން އަސަރު ކުރިއެވެ. އެންމެ ފުރަތަމަ އަދި އެންމެ މުހިއްމު އަސަރަކީ ވަޒީފާޔަށްދާ މަންމައިންގެ ދަރިން އެއްވެސް އަޅާލުމެއްނެތި ދޫކޮށްލެވިފައި ވުމެވެ. ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު ގިނަވި ވަރަކަށް އަޅާލުމެއްނެތި ބެލެހެއްޓުމެއްނެތި ބޮޑުވާ ކުދިންގެ އަދަދު އިތުރުވެގެން ދިޔައެވެ. އަދި ފުރާވަރުގެ ކުދިިން ކުރާ ކުށްތައްވެސް އިތުރު ވިއެވެ.

 

 

ގިނަ އަންހެނުން އެބައިމީހުންގެ ވަޒީފާ އާއިލާއަށްވުރެ އިސްކުރުމުން ، އެމީހުންގެ އާއިލީ ދިރިއުޅުމަށް ވަރަށްބޮޑެތި އަސަރުތަކެއް ކުރިއެވެ. ސަބަބަކީ ކައިވެނި ނުކޮށްތިބޭ އަންހެނުންނަށް ކައިވެނި ކޮށްގެންތިބޭ އަންހެނުންނަށް ވުރެ ބޮޑުމުސާރަ ލިބެއެވެ. އޭގެ އެއް މިސާލަކީ ހާރވާރޑްގެ އިކޮނޮމިސްޓަކު ކުރި ދިރާސާއަކުން ދައްކާގޮތުގައި ކައިވެނިނުކޮށް ދަރިންނެތި ތިބޭ އަންހެން ޑޮކްޓަރުންނަށް ލިބޭ މުސާރަ  ކައިވެނިކޮށްގެންތިބޭ އަންހެން ޑޮކްޓަރުންނަށް ލިބޭ މުސާރައަށްވުރެ 13% އިތުރެވެ. އަދި ދަރިންތިބޭ އަންހެނުންނަށް ލިބޭ މުސާރައަށްވުރެ 15% އިތުރެވެ.

 

 

މިއަދު

 

 

މިއަދުވެސް ގިނަ އަންހެނުން މަސައްކަތްކުރަނީ އިޤްތިސާދީ ޕިރަމިޑްގެ އެންމެ ތިރީގައެވެ. ގިނައީ އޮފީސްތަކުގައި އުޅޭ ސްޓާފް ކުދިން، ފެކްޓްރީ މަސަކްކަތްކުރާ މީހުން، ސޭލސްް ގަރލް ފަދަ ވަޒީފާތަކުގައި އުޅޭ އަންހެނުންނެވެ. މިއަދު އެމެރިކާގެ ވަޒީފާ އަދާކުރާ މީހުންގެ 50% މީހުންނަކީ އަންހެނުންނެވެ. ގާތްގަނޑަކަށް 78% އަންހެނުން ތިބެނީ ކޭޝިޔަރުންގެ މަޤާމްގައެވެ. އަދި 90% ސެކްރެޓަރީންނަކީ އަންހެނުންނެވެ. މެނޭޖަރުންނާއި އެޑްމިނިސްޓްރޭޓަރުންގެ މަޤާމްގައި ތިބީ އެންމެ 13% އަންހެނުންނެވެ. އަންހެނުނަށް ވަޒީފާގެ ހަމަހަމަކަން ހޯދައިދިނުމަކީ އަވާމެންދުރެއް ކަމުގައިވިޔަސް އެތައް މިލިޔަން އަންހެނުން ވަނީ އެބައިމީހުންގެ ގެތަކުން ނުކުމެ އެބައިމީހުންގެ އާއިލީ ނިޒާމް މުގުރާ ފުޑފުނޑުކޮއްލާފައެވެ.

 

 

އަންހެނުންނަށް މަސައްކަތަށް ވަޒީފާޔަށް ނުކުތުމަށް ގޮވާލެވުނީ ހަމައެކަނި އިޤްތިޞާދީ ގޮތުންނާއި ސިޔާސީގޮތުން މެދުވެރިވި ސަބަބުތަކެއްގެ ސަބަބުން މަސައްކަތްކުރާނޭ މަސައްކަތްތެރިން ބޭނުންވުމުގެ ސަބަބުންނެވެ. އެބައިމީހުން މިނިވަންކުރުމުގެ ބޭނުމަކު ނޫނެވެ. އިންޑަސްޓްރިއަލް ރިވޮލިއުޝަން ( ސިނާޢީ އިންޤިލާބު ) ، ދަ ގްރޭޓް ޑިޕްރެޝަން ( ބޮޑުވެގެންވާ ހައިހޫނުކަން ) އަދި ދުނިޔޭގެ ބޮޑެތި ހަނގުރާމަތައް، މިއީ ވަޒީފާ އަދާކުރާ އަންހެނުން އިތުރުވެގެންދިޔަ މައިގަނޑު ހާދިސާ ތަކެވެ. ހަނގުރާމަތަކުގައި ކެޕިޓަލިސްޓުންނަށް އެމީހުންގެ ވިޔަފާރީގެ ޕްލޭންތައް ތަންފީޒު ކުރުމަށްޓަކައި މަސައްކަތްތެރިން ބޭނުންވުމުގެ ސަބަބުން އެމީހުން އަންހެނުންގެ ބޭނުން ކުރީއެވެ.

 

 

އަންހެނުން ގެތަކުންނެރެ ޢާއްމު ވަޒީފާގެ ބާޒާރަށް ވައްދަންފެށީ މަޑުމަޑުންނެވެ. ފުރަތަމަ ފަޤީރު އަންހެނުންނެވެ. ދެން ކައިވެނި ނުކޮށްތިބޭ އަންހެނުންނެވެ. ދެން ކައިވެނިކޮށްގެން ކުދިން ނެތި ތިބި އަންހެނުންނެވެ. ދެން ކައިވެނިކޮށްގެން ޅަ ކުދިން ލިބިފައިނެތް އަންހެނުންނެވެ. ދެން ހުރިހާ އަންހެނުންނެވެ. މއަދުވެސް ތަރައްޤީވަމުން އަންނަ ޤައުމުތަކުން މިކަންތައް ފެންނަމުންދާނެއެވެ. ސަބަބަކީ ހުޅަނގުން މިއަދުވެސް އެގެންދަނީ އަންހެނުންނަށް ވަޒީފާގެ “މިނިވަންކަން” ހޯދައިދިނުމުގެ ޕްރޮޕެގަންޑާ ފަތުރަމުންނެވެ. މި ކަންތައްތަކުގެ ނަތީޖާ އަކަށް ވެގެންދާނީވެސް ކުރީގައި ބަޔާންވެދިޔަ އެމެރިކާގެ އަންހެނުންނަށްވެސް ޖެހުނު ބިކަހާލެވެ. މިއަދު އެބައިމީހުންގެ އަންހެނުންނަކީ އެއްވެސ އަގެއްނެތް ކުނި ތަކެކެވެ. ބޭނުން ބަޔަކު ބޭނުން ވަރަކަށް ބެނުންކޮށްފައި އުކާލެވޭ ކުނި ތަކެކެވެ.

 

 

 

Bibliography

-Hawes, Joseph M., ed. American Families: A Research Guide and Historical Handbook. New York: Greenwood Press,- 1990.

-Mintz, Steven. Domestic Revolutions. New York: the Free Press, 1988.

-Gary B. Nash, American Odyssey. New York: Glencoe McGraw-Hill, 2002.

-Wilson, Margaret Gibbons. The American Woman in Transition. Connecticut: Greenwood Press, 1979.

-Goldstein, Joshua S. War and Gender: How Gender Shapes the War System and Vice Versa. Cambridge University Press, 2001.

-U.S. Department of Labor, Women’s Bureau. Women in the Force, 1900-2002. http://www.infoplease.com/ipa/0/1/0/4/6/7/A0104673.html

-The Library of Congress Rosie the Riveter: Real Women Workers in World War II http://www.loc.gov/rr/program/journey/rosie-transcript.html

 

 

 

www.noorul-islam.net

In one Fatwa you have said, that it is kufrakbar to rule with other hukm than hukm of quran and sunna. so someone who involves himself into ruling by other than that of sharia,becomes a kafir. So what is the reason, that you said in another fatwa that going to a democratic election (which is another system than sharia), to elect someone who could help. This is kufr akbar. because participating in shirk is also shirk, and noone of the salaf participated into shirk-systems. why did you say in one fatwa, that it is no problem?? even shaykh ibn uthaymin said it would be no problem. but to participate in shirk is however not allowed only in ikrah, such as i know. And also Shaykh Gunayman said it is Kufr akbar to go on voting, here is the audio:

 you are on different opinion on this far-reaching subject. could you clarify these differences?.

Praise be to Allaah. 

There is no contradiction – in sha Allaah – between what we quoted about the definition of democracy and the ruling on it, and what we quoted from Shaykh Ibn ‘Uthaymeen (may Allaah have mercy upon him) and others, about the ruling on standing and voting in elections. That is because none of our scholars stated that it is permissible to work on the basis of democratic systems either to promulgate laws or implement laws. None of them issued a fatwa to anyone saying that he could be a judge passing judgement between people on matters of blood, wealth and honour according to man-made laws. Neither did they issue any fatwa saying that it is permissible to promulgate laws that are contrary to the laws of Allaah. Rather their fatwas had to do with joining bodies where the person who joins them is able to reduce the evil that exists or prevent whatever he is able to prevent of things that are contrary to the laws of Allaah, or he is able to achieve shar’i interests which the people usually cannot achieve otherwise. 

In fact, their fatwas went further than that. Some of them issued fatwas stating that it is permissible to elect a kaafir if he is less evil than others, if their voice will have an effect on the elections. None of this contradicts the opinion that democracy is contrary to Islam and that ruling belongs only to Allaah. 

There follows a detailed explanation of the above: 

1.

In the answer to question number 107166 we said:  

Democracy is a man-made system, meaning rule by the people for the people. Thus it is contrary to Islam, because rule is for Allaah, the Most High, the Almighty, and it is not permissible to give legislative rights to any human being, no matter who he is.  

And we said: 

The one who understands the true nature of the democratic system and the ruling thereon, then he nominates himself or someone else (for election) is approving of this system, and is working with it, is in grave danger, because the democratic system is contrary to Islam and approving of it and participating in it are actions that imply apostasy and being beyond the pale of Islam.  

But as for the one who nominates himself or nominates others in this system in order to join the parliament and enjoin good and forbid evil, and establish proof against them, and reduce its evil and  corruption as much as he can, so that people of corruption and disbelievers in Allaah will not have free rein to spread mischief in the land and spoil people’s worldly interests and religious commitment, this is a matter that is subject to ijtihaad, according to the interests that it is hoped will be served by that. 

Some scholars are even of the view that getting involved in these elections is obligatory.  

2.

In the answer to question number 118443, we explained that representative assemblies are no longer able to carry out their mandate of calling to account those who are falling short and to prevent corruption and evil. In the case of such assembles, we do not regard it as permissible to join them, because that does not have any effect on reality of the situation. But if in some countries these assemblies have a good effect of preventing evil or stopping corruption or calling to account for shortcomings, then there is nothing wrong with getting involved with them, for the one who thinks he is able to change things. In our answer, we stipulated that this person who gets involved should be a good person who has knowledge and experience. 

3.

In the answer to question number 3062, we stated: It may be the case that the interests of Islam require Muslims to vote so as to ward off the greater evil and to reduce harmful effects, such as where two candidates may be non-Muslims but one of them is less hostile towards Muslims than the other, and Muslims’ votes will have an impact on the outcome of the election. In such cases there is nothing wrong with Muslims casting their votes in favour of the less evil candidate.

4.

In the answer to question number 111898, we quoted the resolution of the Islamic Fiqh Council which belongs to the Muslim World League in Makkah al-Mukarramah on the issue of “Participation of Muslims in elections with non-Muslims in non-Muslim countries.” We quoted their opinion that it is permissible for Muslims living in non-Muslim countries to stand and vote in elections, where their participation in elections will bring benefits to the Muslims and ward off harm from them, and that the fatwa concerning that varies according to different times, places and situations. All of that is conditional upon the Muslim’s participation in the election not leading to any neglect of his religious duties. 

This is a summary of what we have mentioned on our site of these fatwas or rulings. As you can see, they do not contradict one another. Rule belongs to Allaah, the Most High, the Most Powerful, and it is not permissible to anyone to promulgate laws for the people, apart from what was brought by Islam. How can it be permissible to promulgate laws that govern people with regard to their blood, wealth and honour? 

We have stated that democracy is blameworthy in and of itself. As for the ruling that it is permissible to stand and vote in elections for parliament, that depends on the interests that the Muslims will achieve through it. We also accept that there is a difference of opinion among the scholars concerning these matters. We are aware that there are those who disagree with the scholars concerning that, and do not allow Muslims to participate at all, whether by standing or voting, and some of them refuse to allow them to stand in elections but do not forbid them to vote. What we have mentioned on our site is what we believe to be the most correct view concerning this issue. 

But we should point out here that democracy does not mean parliamentary elections and similarly parliamentary elections do not mean democracy according to the Western concept. Elections are just one aspect of democratic life. With regard to the Western democracy that we are speaking about, and we are speaking of how it is opposed to the laws of Allaah, it is a secular concept, not a religious one, and it includes political life, which is its most prominent feature that most people know of. But it is based on an ideology of secularism and absolute freedom with regard to matters of faith and disbelief, and with regard to economic life that is based on Western capitalism, and with regard to social and cultural life. Without this comprehensive view, there can be no democracy. 

And Allaah knows best.

IslamQA.com

Follow

Get every new post delivered to your Inbox.