بِسْمِ اللَّهِ الرَّحْمَنِ الرَّحِيم
އެންމެހާ ޙަަމްދުޘަނާ ވަނީ ﷲ އަށް. އަޅަމެން ޙަމްދުކުރަނީ އަދި ވާގި އެދެނީ ﷲ ގެ ހަޞްރަތުން. އެންމެ މަތިވެރިވެގެންވާ ﷲ، އަޅަމެންގެ ކިބައިގައިވާ ނުބައި ކަންތައްތަކުންނާއި އަޅަމެންކުރާ ނުބައި އަމަލުތަކުން އަޅަމެން ސަލާމަަތް ކުރަށްވައި ރައްކައުތެރިކަންދެއްވާށި. ﷲ އެމީހަކަށް ތެދުމަގު ދައްކަވައިފި މީހަކު މަގުފުރެއްދުމުގެ ބާރު ލިބިގެންވާ އެހެން ފަރާތެއްނުވޭ. އަދި ﷲ މަގުފުރައްދަވައިފި މީހަކަށް ތެދުމަގު ދެއްކުމުގެ ބާރުލިބިގެންވާ އެހެންފަރާތެއްނުވޭ. ﷲ ފިޔަވައި ހައްޤު ގޮތުގައި އަޅުކަންވެވޭ އެހެން ފަރާތެއް ނުވާކަމަށް އަޅުހެކިވަން. އަދި ﷲ ގެ އިލާހުވަންތަކަމުގައި އަދި ﷲ ގެ ސިފަފުޅުތަކުގައި އެހެން އެއްވެސް ފަރާތެއް ބައިވެރިވެގެން ނުވާކަމަށް އަޅުހެކިވަން. އަދި މުޙައްމަދު (صَلَّى اللَّه عَلَيْهِ وَسَلَّمَ ) އަކީ ﷲގެ އަޅެއް ކަމަށާ ﷲ ގެ ރަސޫލާ ކަމަށް އަޅުހެކިވަން.
003.102 يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلا تَمُوتُنَّ إِلا وَأَنْتُمْ مُسْلِمُونَ
އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ބިރުވެތިވުން ޙައްޤު ގޮތުގައި ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! އަދި ކިޔަމަންތެރި އަޅުން ކަމުގައި ވާ ޙާލުގައިމެނުވީ ތިޔަބައިމީހުން މަރުނުވާހުށިކަމެވެ.
033.070 يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلا سَدِيدًا
033.071 يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا
033.070 އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! އަދި ސީދާވެގެންވާ ބުނުން، ތިޔަބައިމީހުން ބުނާށެވެ!
033.071 އޭރުން ތިޔަބައިމީހުންގެ ޢަމަލުތައް ތިޔބައިމީހުންނަށްޓަކައި އެކަލާންގެ އިސްލާޙު ކޮށްދެއްވައި، އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް އެކަލާންގެ ފުއްސަވާނެތެވެ. ﷲ އާއި އެކަލާންގެ ރަސޫލާއަށް ކިޔަމަންވާ މީހާ ފަހެ ހަމަކަށަވަރުން ބޮޑުވެގެންވާ ނަސީބުލިބުމަކުން، އެމީހާއަށް ނަސީބުލިބިއްޖެއެވެ.
އާދެ މިއަދު އަޅުގަނޑު ﷲ ގެ މަދަދާއިއެކުު ވާހަކަދައްކާން ގަސްތުކޮށްފައިވަނީ އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާ ވަބާތަކުގެ ތެރެއިން ވަބާ އަކާ ބެހޭގޮތުން. އާދެ އެސަމްބްލީގައި މިވާހަކަ ދެއްކުމުގެ ބޭނުމަކީ ހުރިހާ އަޚުންނާއި އުޚުތުންނަށް ނަސޭޙަތްތެރިވުން. އަޅުގަނޑުމެންނަށް ވަނީ ނަސޭޙަތްތެރިވުން، ހިދާޔަތް ދެއްކެވުން ވަނީ ﷲގެ ހަޞުރަތުގައި. އަދި މުންކަތާރާތް ނުވަތަ ﷲގެ ރުއްސެވުމާއި ނުލާ ކުރެވެން ނެތްހައިކަމެއް ހުއްޓުވުމަކީ އަޅުގަނޑުމެން އެންމެންގެވެސް ވާޖިބެއް. ﷲ ދެއްވި ހަށިގަނޑު ބޭނުން ކުރަންވީ ﷲގެ މަގުގައި، ﷲ ދެއްވި ދޫ ބޭނުން ކުރަންވީ ﷲގެ މަގުގަި އަދި ﷲ ދެއްވި ހިތް ބޭނުން ކުރަންވީ ﷲގެ މަގުގައި.
އާދެ ވަބާ ތަކުގެ ތެރެއިން މިއަދު މި ބަލާލަނީ މިއުޒިކު ކުޅުމާއި އަޑުއެހުމާއި ލަވަ ކިޔުމާއި ލަވަ އަޑުއެހުމާއި ބެހޭގޮތުން. މިއީ ﷲ ޙަރާމް ކުރެއްވި ވަބާއެއްކަން އެނގެނީ ކިތައްކުދިންނަށްތޯ؟ މިހެން މި އަހާލަން ޖެހުނީ އަޅުގަނޑުމެންގެ ތެރޭގައި މިއުޒިކާއި ލަވަ އަޑުއަހައި ކިޔާ ކުދިން ގިނަ ކަމަށް ފެންނާތީ.
އާދެ މިއުޒިކު އިންސޓުރުމެންޓުތަކާއިި އެތަކެތިން ނުކުންނަ އަޑަކީ ޙަރާމް އެއްޗެއްކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫން. އަދި މިއީ ފަރުޢީ އަދި ދޫކޮށްލެވޭ ވަރުގެ ކުޑަ މައްސަލައެއްވެސްނޫން. މިއުޒިކު އިންސޓުރުމެންޓުތައް ކުޅުމާއި އަޑުއެހުމަކީ ޙަރާމް ކަމެއްކަން ސައްޙަ ހަދީޘުން ސާބިތުވޭ. ރަސޫލުﷲ صَلَّى اللَّه عَلَيْهِ وَسَلَّمَ ގެ އަރިހުން އިމާމު ބުޚާރީ ރިވާކުރައްވާފައިވަނީ. ” لَيَكُونَنَّ مِنْ أُمَّتِي أَقْوَام يَسْتَحِلُّونَ الْحِرَ وَالْحَرِير وَالْخَمْر وَالْمَعَازِف ” .ތިމަން ކަލޭގެފާނުންގެ އުއްމަތުގެ ބައެއް މީހުން ފަހުޒަމާނުގައި ޒިނޭ އާއި ފަށުއްވާއި ރާއާއި މިއުޒިކުގެ އިންސޓުރުމެންޓުތައްް ހުއްދަކުރާނެއެވެ. އާދެ މި ހަދީޘުން އެނގޭ ގޮތުގައި ރަސޫލުﷲ صَلَّى اللَّه عَلَيْهِ وَسَلَّمَ މިއުޒިކު އިންސްޓރުމެނޓުތައް ގެންނަވާފައި އެވަނީ ޒިނޭ އާއި ރަލާއި ފަށުއި ފޭރާމާއި އެއްސަފެއްްގައި. އަދި މިއުއްމަތުގެ މީހުން ފަހުން މިއުޒިކު އިންސްޓުރުމެންޓުތައް ހުއްދަކުރާނޭ ކަމަށް ހަދީޘުގައި އައިސްފައިވާތީ އެއީ ޙަރާމް އެއްޗެއްކަމުގައި އެނގި ފައުޅުވެއްޖެ. ޒީނޭ އަކީ ޙަރާމް އެއްޗެއްކަން އަޅުގަނޑުމެންނަށް އެނގޭ ފަދައިން މިއުޒިކު އިންސޓުރުމެންޓު ތަކަކީވެސް ޙަރާމް އެއްޗެެހިކަން އަޅުގަނޑުމެންނަށް އެނގެންޖެހޭކަން މި ހަދީޘުން ސާބިތުވެ ފައުޅުވޭ.
އާދެ އިސްލާމް ދީނުގައި އެއްޗެއް ޙަރާމް ވެއްޖެނަމަ އެ އެއްޗަކާއި ގުޅިފައިވާ އެހެން ހުރިހާ ކަމެއް ޙަރާމް ވާކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމު. އެހެންކަމުން ޙަރާމްވެގެންވާ މިއުޒިކު އިންސޓުރުމެންޓް ތަކުން މިއުޒިކު ކުޅުމަކީ އަދި އަޑުއެހުމަކީ ޙަރާމްކަމެއްކަން ފާޅުވެގެން އެނގެން އެބައޮތް. އިމާމު އިބުނު މާޖާ ޞައްޙަ ސަނަދުން ބަޔާންކުރައްވާފައި ވަނީ. ރަސޫލުﷲ صَلَّى اللَّه عَلَيْهِ وَسَلَّمَ ޙަދީޘު ކުރައްވާފައި ވެއެވެ. ” لَيَشْرَبَنَّ نَاس مِنْ أُمَّتِي الْخَمْر يُسَمُّونَهَا بِغَيْرِ اِسْمهَا يُعْزَف عَلَى رُءُوسهمْ بِالْمَعَازِفِ وَالْمُغَنِّيَات يَخْسِف اللَّه بِهِمْ الْأَرْض وَيَجْعَل مِنْهُمْ الْقِرَدَة وَالْخَنَازِير” ތިމަން ކަލޭގެފާނުންގެ އުއްމަތުގައި މީހުން ފަހު ޒަމާނުގައި ރާބޮއި ހަދާނެއެވެ. އެއަށް އެނޫން ނަމެއް ހަދައިގެންނެވެ. އެކަމުގެ ތެރޭގައި މިއުޒިކުކުޅެ ލަވަކިޔަމުންދާނެއެވެ. ލަވަކިޔުމަށް ނަށާ އަންހެނުން އުޅޭނެއެވެ. މާތް ﷲ މިމީހުންގެ މައްޗަށް ބިމުގެ ޒަލްޒަލާ ފޮނުއްވާނެތެވެ. އަދި އޭގެ ތެރެއިން ބަޔަކު އޫރަށާއި ރާމާމަކުނަށް ލައްވާނެތެވެ. މި ޙަދީޘުގައި މި ބަޔާންވެގެން މި ދިޔައީ މިއަދު އަޅުގަނޑުމެންގެ ޙާލު. މި ހަދީޘުން ވެސް ފާޅުވެ އެނގެން އޮތް ދަލީލަކީ މިއުޒިކު ކުޅެ ލަވަ ކިޔުމަކީ ޙަރާމްކަމެއް ކަން. އެހެންކަމުން ސުކޫލު ލަވަވެސް މިއުޒިކާއެކު ކިޔުމަކީ ޙަރާމް ކައެއް. ލަވައިގައި ފާޙިޝު ބަސްތަކާއި ހަޑިހުތުރު އެއްޗެހި ނެތްކަމުގައި ވާނަމަ، މިއުޒިކާ ނުލާ ލަވަ ކީދާނޭ ކަމަށް ޢިލްމުވެރިން ވިދާޅުވޭ. ނަމަވެސް ރަނގަޅުވާހަކަ އެކުލެވިފައިވިޔަސް މިއުޒިކާ އެކު އެ ލަވައެއް ކިޔުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް. މިއީ ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތް. އެހެން ކަމުން މިއުޒިކާއެކު ސުކޫލު ލަވަ ކިޔުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް.
އާދެ ބަޔަކު މީހުން ފާފަޔަކަށް އަރައިގަތަސް އަޅުގަނޑުމެން ﷲގެ އަޒާބަށް ބިރުވެތިވާނަމަ އެ ކަމަކުން ދުރުހެލިވާންޖެހޭނެ. ބަޔަކު ރާބުއި ކަމުގައި ވިޔަސް އަޅުގަނޑުމެން ރާބޯކަށް ނުޖެހޭ. އަދި ބަޔަކު މީހުން ލަވަ ކިޔައި ލަވަ މުބާރާތް ބޭއްވި ކަމުގައިވިޔަސް އަޅުގަނޑުމެން ލަވަ ކިޔައި ލަވަ މުބާރާތް ބާއްވާކަށް ނުޖެހޭ. ޙަރާމް ކަންތައްތަކުގައި އެއްބަޔަކު އަނެއްބަޔަކު ކޮޕީކޮށް އެހީތެރިވުމަކީވެސް ޙަރާމްވެގެން ވާކަމެއް. އަދި ބަޔަކު މީހުން ލަވަ މުބާރާތް ބޭއްވި ކަމުގައި ވިޔަސް އަޅުގަނޑުމެން ލަވަ މުބާރާތްތަކުގައި ބައިވެރި ވާކަށް ނުޖެހޭ. ލަވަ މުބާރާތްތަކުގައި ބައިވެރިވުމަކީ ކަނޑައެޅިގެން ޙަރާމްކަމެއް. ވީމާ ތިޔަ އެކުވެރިންގެ ތެރެއިން އެއްވެސް ދަރިވަރަކު ލަވަމުބާރާތްތަކުގައި ބައިވެރި ނުވުމަށް ނަސޭޙަތްތެރިވެ ގޮވާލަން. ހޮލީވުޑުން އިންތިޒާމު ކުރިޔަސް، އެމް.ޓީ.ވީ އިން އިންތިޒާމް ކުރިޔަސް އަދި ސުކޫލުން އިންތިޒާމު ކުރިޔަސް ލަވަމުބާރާތްތަކުގައި ބައިވެރުވުމުގެ ހުކުމަށް ބަދަލެއް ނާންނާނެ. އަދި ލަވަ މުބާރާތް ބޭއްވުމުގެ ޙުކުމަކަށްވެސް ބަދަލެއް ނާންނާނެ. ކޮންމެ ބަޔަކު އިންތިޒާމް ކުރިޔަސް ޙަރާމްކަމެއްވާނީ ހަމަ ޙަރާމް ކަމަކަށް. އެބަޔަކު ކުރިކަމެއްގެ ބަދަލުއޮތީ އެބަޔަކަށް. ޤިޔާމަތާއި ޖެހެންދެން ﷲ މިވަނީ މިނިވަންކަން ދެއްވާފައި. ހަމަކަށަވަރުން މަޙްޝަރުގެ މައިދާނުގައި މިއުޒިކު ކުޅެގެން ލަވަކިޔައިގެން މޮޅުވާ މީހަކު ސުވަރުގެއަށް ވެއްދުމެއް ނޮއޮންނާނެ.
މާތް ﷲ ވަނީ އެކަލާންގެ އަޒާބުގެ ގޯތި ނަރަކަ ތައްޔާރު ކުރައްވާފައި. ﷲ ވަޙީ ކުރައްވާފައިވަނީ:
088.004 تَصْلَى نَارًا حَامِيَةً
ހޫނުކަން ގަދަވެގެންވާ ނަރަކައަށް އެބައިމީހުން ވަންނާނެއެވެ.
088.005 تُسْقَى مِنْ عَيْنٍ آنِيَةٍ
ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެން އާރަކުން އެބައިމީހުންނަށް ބޯން ދެވޭނެއެވެ.
088.006 لَيْسَ لَهُمْ طَعَامٌ إِلا مِنْ ضَرِيعٍ
ކަށިހުރި ވިހަ މޭވާ އަކުން މެނުވީ، އެބައިމީިހުންނަކަށް ކާނާއެއް ނުވެއެވެ.
088.007 لا يُسْمِنُ وَلا يُغْنِي مِنْ جُوعٍ
(އެކެއުމަކުން) ހަށިގަނަޑަކަށް ބާރެއް ނުދޭނެއެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނެއެވެ..
ހަމަކަށަވަރުން މިއުޒިކު ކުޅުމާއި އަޑުއެހުމާއި ލަވަ ކިޔުމާއި އަޑުއެހުމަކީ ޙަރާމް ކަމެއް. ވީމާ ﷲ ގެ ކޯފާ އާއި ޢަޒާބަށް ބިރުވެތި ވެލައްވާ. ހުރިހާ އަޚުންނާއި އުޚުތުންވެސް މުންކަރާތް ތަކުން ދުރުހެލި ވެލައްވާ. ސުވަރުގެއިން ޖާގައެއް ހޯދުމަށް މަސައްކަތް ކުރައްވާ. ﷲ ވަޙީ ކުރައްވާފައިވަނީ:
011.023 إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَأَخْبَتُوا إِلَى رَبِّهِمْ أُولَئِكَ أَصْحَابُ الْجَنَّةِ هُمْ فِيهَا خَالِدُونَ
ހަމަކަށަވަރުން، އީމާންވެ، ހެއުކަންތައްތައްކޮށް، އަދި، އެބައިމީހުންގެ ވެރިރަސްކަލާނގެ ރަސްކަންފުޅާއިމެދު، ހިތްތައް ހަމަޖެހި ހިމޭންވީ މީހުންނާއިމެދު ދަންނާށެވެ! އެބައިމީހުންނީ ސުވަރުގެ ވަންތަވެރިންނެވެ. އެބައިމީހުންނީ އެ ސުވަރުގޭގައި ދާއިމަށް ދެމިތިބެނިވި ބައެކެވެ.
ވީމާ މިއުޒިކު ކުޅޭ ބޭންޑު ތަކުން ހުރިހާ އަޚުންނާއި އުޚުތުންވެސް ވަކިވުމަށް ނަސޭޙަތްތެރިވެ ގޮވާލަން. އެއީ ކޮންމެތަނެއްގައި އޮތް މިއުޒިކު ބޭންޑެއް ކަމުގައިވިޔަސް ހިނގާނީ ޙަރާމުގެ ޙުކުމް. މިސާލަކަށް ސުކޫލުތަކުގައި ދަރިވަރުން ތަމްރީނުކޮށްގެން ހަދާ ބޭންޑުތައް ފާހަނގަކޮށްލަން. މިއީވެސް ޙަރާމް ކަމެއް. އަދި މިއީވެސް ޙަރާމް މިއުޒިކު ބޭންޑުތައް. މިފަދަ ބޭންޑުތަކުންވެސް ހުރިހާ ކުދިން ވަކިވުމަށް ނަސޭޙަތްތެރިވެ ގޮވާލަން. އަދި މިއުޒިކާއެކު ލަވަ ކިޔާ ގުރޫޕުތަކުގައިވެސް ބައިވެރި ވުމަކީ ޙަރާމްކަމެއް. އެހެން ކަމުންް ކޮންމެ ތަނެއްގައި އޮތް ލަވަ ގުރޫޕެއްގައިވިޔަސް އުޅުއްވާ އަޚުންނާއި އުޚުތުން އެ ގުރޫޕުތަކުން ވަކިވުމަށް ނަސޭޙަތްތެރިވެ ގޮވާލަން. އިމާމު އަޙްމަދު ރިވާކުރެއްވި ރިވާޔަތެއްގައި ވަނީ. އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ” إِنَّ اللَّه حَرَّمَ الْخَمْر وَالْمَيْسِر وَالْكُوبَة وَالْغُبَيْرَاء وَكُلّ مُسْكِر حَرَام ” ހަމަކަށަވަރުން މާތް ﷲ ވަނީ ރާއާއި ޖުވާއާއި ބެރާއި ގިޓާއާއި އަދި އެންމެހާ މަސްތުވާ ތަކެތި ހަރާމް ކުރައްވާފައެވެ. އަދި އިމާމު ތިރުމިޛީ ރިވާކުރައްވަފައިވާ ޙަދީޡެއްގައި ވަނީ. ” فِي هَذِهِ الْأُمَّة خَسْف وَمَسْخ وَقَذْف فَقَالَ رَجُل مِنْ الْمُسْلِمِينَ : يَا رَسُول اللَّه وَمَتَى ذَلِكَ ؟ قَالَ إِذَا ظَهَرَتْ الْقِيَان وَالْمَعَازِف وَشُرِبَتْ الْخُمُور ” މިއުއްމަތަށް ބަލާމުޞީބާތް އަންނާނެއެވެ. ސޫރަ ބަދަލުވުމާއި ބިންހެލުމާއި އެބަހީ ރަށްތައް ހަލާކުވުމާއި މިފަދަ އެތަކެއް ޢަޒާބު އަންނާނެއެވެ. އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އެއީ ކޮންއިރަކުތޯއެވެ.؟ ޙަދީޘުކުރެއްވިއެވެ. ނަށައި ލަވަކިޔާ އަންހެނުން ގިނަވުމާއި މިއުޒިކު ކުޅުމާއި ރާބޮވުން އިތުރު ވުމެވެ. ލަވަކިއުމަކީ ހިތްތައް ފާސިދުކޮށް ﷲއާ އަޅާ ދުރުހެލި ކޮށްލާ ކަމެކެވެ.
އާދެ މިއިންވެސް އަންގައިދެނީ ހަޤީޤީ ސިކުންޑީގެ ހަމަޖެހުން ވަނީ މިއުޒިކާއި ލަވައިގެ މަސްތުގައި ނޫންކަން. އެސަމްބްލީގައި ލަވަކިޔުމުން ސިކުންޑި ތާޒާ ވާކަމަށް ބުނާމީހަކީ ބަޔާންވެދިޔަ ރަސޫލާގެ ހަދީޘާ ދެކޮޅު ހަދައިފި މީހެއް. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދު ވިދާޅުވެފައި ވަނީެ. ( إِنَّ الْغِنَاء يُنْبِت النِّفَاق فِي الْقَلْب كَمَا يُنْبِت الْمَاء الزَّرْع) މާނައީ: ލަވަ ކިއުމަކީ ހިތުގައި މުނާފިޤުކަން އިންދާލާ ކަމެކެވެ. ފެނުގެ ސަބަބުން ބިމުގައި ވިނަފަޅާފަދައިންނެވެ.
މާތް ﷲ އަޅުގަނޑުމެން އެންމެންނަކީ ހެޔޮވިސްނޭ ބަޔަކު ކަމުގައި ލައްވައި ޝައިތާނާގެ މަގުން ހިނގުމުން ރައްކަުތެރިކަން ދެއްވައި ހެޔޮމަގަށް ތައުފީޤު ދެއްވާށި.
003.008 رَبَّنَا لا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِنْ لَدُنْكَ رَحْمَةً إِنَّكَ أَنْتَ الْوَهَّابُ
އޭ އަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށް ފަހުގައި އަޅަމެންގެ ހިތްތައް ހައްޤުން އެއްކިބާ ނުކުރައްވާނދޭވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ހަޞުރަތުން ރަޙުމަތް ލައްވާނދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ (ދީލަތިކަމާއެކު ނިޢުމަތްތައް) ދެއްވަވާ ރަސްކަލާނގެ.
007.023 رَبَّنَا ظَلَمْنَا أَنْفُسَنَا وَإِنْ لَمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
އޭ އަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ! އަޅަމެންގެ އަމިއްލަ ނަފްސުތަކަށް އަޅަމެން އަނިޔާވެރި ވެއްޖެއީމު. އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި ރަޙްމަތް ނުލައްވައިފިނަމަ އަޅަމެންވާހުށީ ދެރަކަންލިބި ގެއްލިފައިވާ މީހުންގެތެރެއިން.
003.193 رَبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلإيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الأبْرَارِ
ހައްދަވައިބޮޑުކުރެއްވި ރަސްކަލާނގެ! އީމަންވުމަށް ގޮވައިލައްވާ ބޭކަލަކު، ތިޔަބައިމީހުން ހައްދަވާބޮޑުކުރެއްވި ރަސްކލާނގެ ކިބަޔަށް އީމާންވާށޭ ވިދާޅުވެ، އަޅަމެން އެހީމު. ދެން އަޅަމނެް އީމާން ވީމު. ހައްދަވައިބޮޑު ކުރެއްވި ރަސްކަލާނގެ! އަޅަމެންގެ ފާފަތައް އަޅަމެންނަށް ފުއްސަވާ ދެއްވާނދޭވެ! އަދި އަޅަމެންގެ ކުދި ފާފަތައްވެސް ނެތިކުރައްވައި ފުއްސަވާނދޭވެ! އަދި ހެޔޮލަފާ މީހުންނާއި އެކު އަޅަމެން ގެންދަވައިފާނދޭވެ!
003.194 رَبَّنَا وَآتِنَا مَا وَعَدْتَنَا عَلَى رُسُلِكَ وَلا تُخْزِنَا يَوْمَ الْقِيَامَةِ
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ! އިބަރަސްކަލާނގެ ރަސޫލުންގެ ދޫފުޅުމަތިން އަޅަމެންނަށް ވަޢުދު ކުރައްވައިފައިވާ ކަންތައް އަޅަމެންނަށް ދެއްވައިފާނދޭވެ! އަދި ޤިޔާމަތްދުވަހުން އަޅަމެން ނިކަމެތި ނުކުރައްފައިފާނދޭވެ!
002.286 رَبَّنَا لا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلا تُحَمِّلْنَا مَا لا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ
އޭ އަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާންގެ! އަޅަމެން ހަނދާންނެތިގެން ނުވަތަ ކުށުން ކުރެވޭ ނުރަނަގަޅު ކަންތަކަށް އަޅަމެންނަށް އަޒާބު ނުދެއްވާނދޭވެ! އޭއަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާންގެ! އަޅަމެންގެ ކުރީންތިބި މީހުން އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލަން ނުޖައްސަވާނދޭވެ! އޭއަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާންގެ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެންނުވާ ކަމެއް އުފުލަން އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި އަޅަމެންގެ ކުށްތައް ޢަފޫ ކުރައްވާނދޭވެ! އަދި އަޅަަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި އަޅަމެންނަށް ރަޙުމަތް ލައްވާނދޭވެ! ފަހެ އަޅަމެންގެ އެންމެހައި ކަންތައްތަކުގެ ވެރި ކަލާންގެއީ އިބރަސްކަލާންގެ. ފަހެ ކާފިރުންގެ ބާގައިގެ މަށްޗަށް އަޅަމެންނަށް ނަސްރު ދެއްވާނދޭވެ!
003.016 رَبَّنَا إِنَّنَا آمَنَّا فَاغْفِرْ لَنَا ذُنُوبَنَا وَقِنَا عَذَابَ النَّارِ
އޭ އަޅަމެން ހައްދަވައި ބޮޑުކުރެއްވި މާތް ރަސްކަލާނގެ! އަޅަމެން އިބަރަސްކަލާންގެ ކިބަފުޅަށް އީމާން ވެއްޖެއީމު. ދެންފަހެ އަޅަމެންގެ ފާފަތައް އަޅަމެންނަށް ފުއްސަވާނދޭވެ. އަދި އަޅަމެން ނަރަކައިގެ އަޒާބުން ސަލާމަތް ކުރައްވާނދޭވެ.
ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހު.

masha allah 4 the gud advice u gav.its v difficult 2 advice the students now a days about any thing in islam.they say against us when we try 2 advice them.no matter how hard som1 tries.may ALLAH giv them a gud thinkin nd bless them.i would like 2 request u 2 giv some more speaches 2 our students.if u guys can plx send som 2 my id plx.may ALLAH giv a better result 4 ur hard works.ALHAMDHU LILLAH.
Check out my blog.
It has more speeches about music in islam, with famous scholars of the world.
http://truecall.wordpress.com/category/%DE%8D%DE%A6%DE%88%DE%A6%DE%87%DE%A7%DE%87%DE%A8-%DE%89%DE%A8%DE%87%DE%AA%DE%92%DE%A8%DE%86%DE%B0/