އެމެރިކާގައި އަންހެނުން އެބައިމީހުންގެ ގެތަކުން ނެރެލެވުނުގޮތް
18 ވަނަ ޤަރުނުން ފެށިގެން މިއަދާއި ހަމަޔަށް ހުޅަނގުގެ ޢާއިލާތައް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ހުޅަނގުން މި ބަދަލަށް އަންހެނުން މިނިވަން ކުރުމުގެ ހަރަކާތޭ ކިޔުނަސް ތާރީޚީ ޙަޤީޤަތަށް ބަލާއިރު ފެނި ހާމަވެގެންދަނީ މީގެ އިދިކޮޅެވެ.
18 ވަނަ ޤަރުނުގެ ކުރިން އެމެރިކާއަކީ ދަނޑުވެރިކަން ކުރި ޤައުމެކެވެ. އަދި އެޤައުމުގެ 90% މީހުން މަސައްކަތް ކުރަމުން ގެންދިޔައީ އަމިއްލަ ދަނޑުތަކުގައެވެ. ކޮންމެ ގެއެއްގެ މީހުންވެސް އުޅެމުން ދިޔައީ އަމިއްލަޔަށް ފުދިގެންނެވެ. އާއްމުގޮތެއްގައި [...]
