ޝައިޠާނާ
(ކުރުގޮތަކަށް)
ތިބާގެ ޢަދުއްވަކީ ކާކުކަން ފިސާރި ރަނގަޅަށް ދަސްކުރޭ!
މާތް ﷲ ވަޙީ ކުރެއްވިއެވެ. ( إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ ) މާނައީ:” ހަމަކަށަވަރުން ޝައިޠާނާ ތިޔަބައި މީހުންނަށް ވަނީ ޢަދާވާތްތެރިއަކު ކަމުގައެވެ. ފަހެ އެ ޝައިޠާނާއަކީ ޢަދާވާތްތެރިއެއް ކަމުގައި ތިޔަބައިމީހުން ހިފާށެވެ! އޭނާގެ ޕާރޓީ އަށް އޭނާ ގޮވާކަން ކަށަވަރީ (ނަރަކައިގެ) ހުޅުގަނޑުގެ އަހުލުވެރިންނަށް ވުމަށެވެ.”
އަދިވެސް ވަޙީ ކުރެއްވިއެވެ. (وَقَالَ الشَّيْطَانُ لَمَّا قُضِيَ الأمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدْتُكُمْ فَأَخْلَفْتُكُمْ وَمَا كَانَ لِي عَلَيْكُمْ مِنْ سُلْطَانٍ إِلا أَنْ دَعَوْتُكُمْ فَاسْتَجَبْتُمْ لِي فَلا تَلُومُونِي وَلُومُوا أَنْفُسَكُمْ مَا أَنَا بِمُصْرِخِكُمْ وَمَا أَنْتُمْ بِمُصْرِخِيَّ إِنِّي كَفَرْتُ بِمَا أَشْرَكْتُمُونِي مِنْ قَبْلُ إِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ ) މާނައިީ:” އަދި އެއުރެންގެ މައްޗަށް ނިޔާ ކަނޑައެޅި ނިމުމަށްފަހު ޝައިޠާނާ ބުނާނެތެވެ. ހަމަކަށަވަރުން ﷲ ކުރައްވާފައިވަނީ ޙައްޤު ވަޢުދުފުޅެކެވެ. އަދި އަހުރެންވެސް ކަލެމެންނަށް ވަޢުދުވީމެވެ. ނަމަވެސް އަހުރެން ވަނީ އެ ވަޢުދާއި ޚިލާފު ވެފައެވެ. ކަލޭމެންނަށް ހަމަ އެކަނި ގޮވައިލުން ފިޔަވއި ކަލޭމެންގެ މައްޗަށް އެއްވެސް ބާރެއް އަހުރެންނަކަށް ލިބިގެނެއް ނުވެއެވެ. ދެން ކަލޭމެން އަހުރެންގެ ގޮވައިލުމަށް އިޖާބަ ދިނީއެވެ. ވުމާއެކު އަހުރެން ކުށްވެރި ނުކުރާށެވެ! ކުށްވެރި ކުރަންވީ ހަމަ ކަލޭމެންގެ އަމިއްލަ ނަފްސުތަކެވެ. އަހުރެންނަކަށް ކަލޭމެންގެ އެހީތެރިއަކަށް ނުވެވޭ ހުއްޓެވެ. ހަމަކަށަވަރުން ތިޔަބައިމީހުން، އަހުރެންނީ ﷲ ގެ ބައިވެރިޔަކު ކަމުގައި ޝަރީކު ކުރިކަމަށް، ކުރިންސުރެވެސް އަހުރެން ކާފިރު ވީމެވެ. ހަމަކަށަވަރުން އަނިޔާވެރިންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ.”
އަދިވެސް ވަޙީ ކުރެއްވިއެވެ. (وَقُلْ لِعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ إِنَّ الشَّيْطَانَ يَنْزَغُ بَيْنَهُمْ إِنَّ الشَّيْطَانَ كَانَ لِلإنْسَانِ عَدُوًّا مُبِينًا ) މާނައީ: “ތިމަންރަސްްކަލާންގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ރީތިކަންބޮޑު ބަސްތަކުން (ކާފިރުންނާއި) ވާހަކަދައްކައި ބަސްބުނެ އުޅޭށެވެ! ހަމަކަށަވަރުން ޝައިޠާނާ ތިޔަބައިމީހުންގެ ދެމެދުގައި ފަސާދަ އުފައްދައެވެ. ހަމަކަށަވަރުން ޝައިޠާނާ އަކީ އިންސާނާއަށް ބަޔާންވެގެންހުރި ދުޝްމަނެއް ކަމުގައި ވިއެވެ.”
އަދިވެސް ވަޙީ ކުރެއްވިއެވެ. (يَا بَنِي آدَمَ لا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنَ الْجَنَّةِ يَنْزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لا تَرَوْنَهُمْ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لا يُؤْمِنُونَ ) މާނައީ:” އޭ އާދަމްގެ ދަރިންނޭވެ! ޝައިޠާނާ ތިޔަބައިމީހުން ފިތުނައަށް ހައްލައި ހެދިޔަ ނުދޭށެވެ! އެއީ ތިޔަބައިމީހުންގެ މައިންބަފައިންނަށް (އެބަހީ: އާދަމްގެ ފާނު އާއި ޙައްވާގެފާނަށް) އެދެކަނބަލުންގެ (ފޮރުވިގެންވާ) ޢައުރަ ދެއްކުމަށްޓަކައި، އެދެކަނބަލުން (ނިވައިވެވަޑައިގަންނަވާ) ހެދުންކޮޅު ބާލުވައި، ސުވަރުގެއިން އެދެކަނބަލުންނެރެލި ފަދައިންނެވެ. ހަމަކަށަވަރުން ތިޔަބއިމީހުންނަށް ނުފެންނަ ހިނދުގައި، އޭނާ އާއި އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުނ އީމާން ނުވާ މީހުންނަށް އެހީތެރިން ކަމުގައި ތިމަންރަސްކަލާންގެ ޝައިޠާނުން ލެއްވީމެވެ.”
އަދިވެސް ވަޙީ ކުރެއްވިއެވެ. ( الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا ) މާނައީ: “އީމާންވީ މީހުން މާތްﷲ ގެ މަގުގައި ހަނގުރާމަ ކުރެއެވެ. އަދި ކާފިރުވި މީހުން ޠާޣޫތުގެ (ޝައިޠާނާ) ގެ މަގުގައި ހަނގުރާމަ ކުރެއެވެ. ފަހެ ތިޔަބައިމީހުން ޝައިޠާނާގެ އެހީތެރިންނާއި ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން ޝައިޠާނާގެ ކެހިވެރިކަން އެއީ ބާރެއްނެތް ނިކަމެތި އެއްޗެއް ކަމުގައި ވިއެވެ.”
ތިރީގައި މިވަނީ ތިބާގެ އެންމެ ބޮޑު ޢަދުއްވު؛ އެއެއްޗެއްގެ މައްޗަށް މާތްﷲ ލަޢުނަތްލެއްވި އިބިލީހާއި ބެހޭ މަޢުލޫމާތު ކޮޅެކެވެ.
|
އިބިލީސް |
ނަން |
|
ޣާފިލު ކަންމަތީ ތިބޭ މީހުންގެ ހިތްތައް |
ރަށް |
|
ޠާޣޫތު ތައް |
ޢާއިލާ |
|
ޖަހަންނަމަ (ނަރަކަ) |
ދާއިމީ އެޑްރެސް |
|
އެއްވަނަ ދަރަޖައިގެ ފާސިޤެއް |
ދަރަޖަ |
|
ﷲ ގެ ނަންފުޅު ނުގަނެވޭ ހިސާބުތައް |
ދިރިއުޅޭ ހިސާބުތައް |
|
ކަތި މަގުތައް (ޙައްޤުން އެއްކިބާ ވެފައިވާ މަގު) |
ދަތުރުކުރާ މަގު |
|
އުންމީދުތައް |
ރައުސުމާލު |
|
ބާޒާރުތައް |
ޖަލްސާ ބާއްވާ ތަންތަން |
|
މުސްލިމުން |
ދަތުރުގެ ޢަދުއްވުން |
|
އަވާމެންދުރު |
މަގުދައްކާ ފަރާތް |
|
” މުނާފިޤުކަން – މައިގަނޑު އަޚްލާޤު “ |
މަސައްކަތުގެ ޝިޢާރު |
|
އެކިއެކި ކުލަކުލަ (ކުލަ ބަދަލުކުރާ ބޮނޑު ފަދައިން) ، ކޮންމެ ތަނަކަށް ކުލަޔެއް |
މަސައްކަތުގެ ފޭރާން |
|
ރަނގަޅަށް ޢައުރަ ނިވާ ނުކޮށްތިބޭ ، އަދި އޮރިޔާން އަންހެނުން |
ދުނިޔޭގެ އަނބިމީހާ |
|
ﷲ ހަނދުމަކުރުމުން އެއްކިބާވެގެން އުޅޭ ޣާފިލުންދެކެ |
ލޯބިވަނީ ކާކުދެކެ؟ |
|
ﷲ ގެ ޙަޟުރަތަށް ފާފަ ފުއްސަވައިދެއްވުމަށް އެދި ދެންނެވުން |
އޭނާއަށް އުނދަގޫކުރާ ކަންތައް |
|
ޓެޓޫ ޖެހުން |
އޭނާގެ ލިޔުން |
|
ފާޚާނާތަކާއި ގިފިލިތައް |
އޭނާގެ ގެ |
|
އޭރަކު ބޭނުންވާ ގޮތަކަށް ސިފަޖެހުން |
އޭނާގެ ސިފަ |
|
އާދަމްގެފާނަށް އިޙްތިރާމްގެ ސަޖިދަ ޖެހުމަށް އިންކާރު ކުރިދުވަސް |
އޭނާ ފާޅުވުމުގެ ފެށުން |
|
މުނާފިޤުން |
އޭނާގެ އެކުވެރިން |
|
ޙަރާމް މުދާ |
އޭނާގެ ރޯދީގެ މައިގަނޑު |
|
ނަޖިސް ތަންތަނާއި އުރެދުމުގެ ޢަމަލުތައް ހިންގާ ތަންތަން |
އޭނާގެ މަސައްކަތްތައް ހިންގުމާއި ބެހޭ ކޮޓަރި ( އޮޕަރޭޝަން ރޫމް) |
|
މުންކަރާތްތަކަށް އެހީތެރިވުމާއި، އެކަންކަމަށް ލޯބި ޖެއްސުން |
އޭނާގެ ޚިދުމަތްތައް |
|
ހުތުރުކަން ބޮޑު ފާޙިޝް ކަންތައްތައް ކުރުމަށް ކުރާ އަމުރު |
އޭނާގެ އަމުރުތައް |
|
ކާފިރުދީން |
ދީން |
|
އެބައިމީހުންގެ މައްޗަށް ކޯފާލެއްވި (ޔަހޫދީންނާއި) މަގުގެއްލިފައިވާ (ނަޞާރާ) އިންނާއި ބެހޭ ޑިރެކްޓަރ ޖެނެރަލް |
ވަޒީފާ |
|
ޤިޔާމަތް ދުވަހާއި ޖެހެންދެން |
ޚިދުމަތް ކުރުމުގެ މުއްދަތު |
|
ނަރަކައަށް ދާން އޮތްމަގު |
ދަތުރުކޮށްފައިދާ ތަން (ޑެސްޓިނޭޝަން) |
|
ފައިދާއެއް ނެތް ބުރަބުރައިގެންދާ ކުނޑިފުށްތަކެއް |
ވިޔަފާރީގެ ފައިދާ |
|
ޖިންނީންނާއި އިންސީންގެ ތެރޭގައި ހިމެނޭ ޝައިޠާނުންތައް |
ދަތުރުގެ އެކުވެރިޔާ |
|
ޙައްޤުބަސް ނުބުނެ ހަނު ހުންނަމީހާ |
މަސައްކަތުގެ އެކުވެރިޔާ |
|
ދޮގު ވަސްވާސް ދީގެން |
ބޮލަށް ސަވާރުވާ ވައްތަރު |
|
އޭނާ އާއި އޭނާއަށް ތަބާވާ މީހުންނަށް ލިބޭ ފާފަ |
އުޖޫރަ |
|
ނެތިމޮށުން، ދެބައޮޑުވުން، ފާރަލުން (ޖާސޫސްކުރުން) |
މުވާޞަލާތީ ގުޅުން |
|
މަރުވެފައިވާ މީހުންގެ މަސް (ނެތިމޮށުން) |
އެންމެ ކަމުދާ (މީރު) ކާނާ |
|
ﷲ އަށް ބިރުވެތިވާ (ތަޤްވާވެރި) މުއުމިނުން ދެކެ |
އޭނާ ބިރުގަންނަނީ ކާކުދެކެ؟ |
|
ގިނަ ގިނައިން ﷲ ހަނދުމަކޮށް އުޅޭ ފިރިހެނުންނާއި އަންހެނުންނަށް |
އޭނާ ނަފްރަތު ކުރަނީ ކާކަށް؟ |
|
އަންހެންތަކުން |
އޭނާގެ ޝިކާރަތައް |
|
މަގުފުރެއްދުމާއި، ހެއްލުންތެރިކުރުން |
އޭނާގެ ހޮބީ |
|
އެންމެން ކާފިރު ކުރުން |
އޭނާގެ އުންމީދު |
|
އެނގި ބަޔާންވެގެންވާ ވަގުތުގެ ދުވަސް (ޤިޔާމަތްދުވަސް) |
އޭނާގެ ނިމުން |
|
ފިރިހެނުންވެސް އަދި އަންހެނުންވެސް އެއްޖިންސުގެ ގުޅުން ހިންގުން |
އޭނާއަށް އެންމެ ލޮބުވެތިކަން ބޮޑު ކަންތައް |
|
” މަ (މޮޅު) ” ބޮޑާ މީހުން ބޭނުންކުރާ ލަފްޒު |
އޭނާއަށް ތަބާވާ މީހުންނަށް ދީފައިވާ ސިއްރު ލަފްޒު (ޕާސްވޯރޑު) |
|
ފަންނާނުންނާއި، ފަންނާނާއިން |
އޭނާއަށް ލަވަކިޔައިދޭ މީހުން |
|
ތިޔަބައިމީހުން ފަޤީރު ކުރުވާނޭ ކަމުގެ ވަޢުދު |
އޭނާގެ ވަޢުދުތައް |
|
ގިނަގިނައިން ސަޖިދަ ކުރުން |
އޭނާ ރޮއްވާ ކަންތައް |
ވުމާއެކު ވިސްނަންވީ މި ދުޝްމަން ކަލޭގެ ކިބައިން ސަލާމަތއްވެވޭނެ ގޮތަކީ ކޮބައިތޯއެވެ. އަދި އެކަމަށް ކުރެވެން އޮތް މަސައްކަތަކީވެސް ކޮބައިތޯއެވެ. ދެން އެއަށްފަހު، ހަމަ ވަގުތުން އެކަލޭގެޔަށް ކާފިރުވެ ﷲ އަށް އީމާންވާންވީއެވެ.
